ENGLISH
04 ޖޫން 2025
މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތް ހަތަރު މައިދާނެއްގައި
02 ޖޫން 2025
|
ޢީދުގެ ބޮޑު ޖަމާޢަތް -- އިސްލާމިކް މިނިސްޓްރީ
މި އަހަރު އަޟްޙާ ޢީދު ނަމާދު، މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ހަތަރު ތަނެއްގައި ކުުރުމަށް ހަމަޖެހިފާއިރު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ 24 މިސްކިތެއްގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި އަހަރުގެ އަޟްޙާ ޢީދު ދުވަހަކީ، ޖޫން ހައެއްވާ ހުކުރު ދުވަހެވެ.
މާލޭ ސަރަޙައްދުގައި، އަޟްޙާ ޢީދު ނަމާދު ކުރުމަށްޓަކައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިނިސްޓްރީން ވަނީ ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި އަޟްޙާ ޢީދު ބޮޑު ޖަމާޢަތް ހެދުމަށްޓަކައި ހަތަރު މައިދާނެއް ހަމަޖައްސާފައިވެއެވެ. އެއީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަޙައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ސްޓޭޑިއަމް އަދި ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމް ސަރަޙައްދެވެ. މީގެ އިތުރުން މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގެ ތެރެއިން 24 މިސްކިތްތަކެއްގައި ވެސް ޢީދު ނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޢީދުގެ ބޮޑު ޖަމާޢަތް ހެދުމަށް ކަނޑައެޅިފައިވާ ހަތަރު ސަރަޙައްދުގައި، ޢީދުގެ ބޮޑު ޖަމާޢަތް ނުބޭއްވޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢާންމު ގޮތެއްގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ނަމާދު ކުރެވޭ ހުރިހާ މިސްކިތްތަކެއްގައި ޢީދު ނަމާދު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގަ އެވެ.