ENGLISH

04 ޖޫން 2025

Advertisement

މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންކުރަން ފަށަނީ

02 ޖޫން 2025

|

އިސްމާއީލް ރާތިއު

ހުޅުމާލޭގައި ބަހައްޓާފައިހުރި ޕާކިންގ ސިސްޓަމެއް-- ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭގައި ބަހައްޓާފައިވާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް، ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ވުޒާރާއިން ބުނީ، މިކަމަކީ މޭލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށްޓަކައި "މާލެފަހި" ޕްރޮގްރާމުގެ ދަށުން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ، ޢަލީ ނިޝާން ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މިހާރު ބަހައްޓާފައިވާ ރެކުތައް، ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މަޝްވަރާ ކުރެވި، އެކަން ކުރާނެ އަގެއްވެސް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މިކަމަށް ވަރަށް ބޮޑު ޚަރަދެއް ދާނެތީއާއި، ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް މިކަމުގެ ސަބަބުން ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެތީ، އެކަން ނުކުރަން ނިންމާފައިވާ ކަމަށް ނިޝާން ވިދާޅުވިއެވެ. އަދި، ވަރަށް އަވަހަށް ޢާންމުން ބޭނުންކުރުމަށް މި ރެކުތައް ހުޅުވާލާނެ ކަމަށްވެސް ނިޝާން ވިދާޅިވިއެވެ.

ދެހާސް ސަތާރަވަނަ އަހަރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ގާއިމުކުރި މި ޕާކިންގ ސިސްޓަމްތައް ބޭނުންކުރަން ފަށާފައި ނުވުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ދުއިސައްތަ ފަންސާސް ފަސް އުޅަނދުގެ ޖާގައިގެ 8 ސިސްޓަމް، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބައްޓާފައިވެއެވެ. މި ސިސްޓަމްތައް ބޭނުންކުރަން ފަށަން ތައްޔާރުވުމުގެ އިތުރުން، ޕާކިންގެ މައްސަލައަށް ވަގުތީ ހައްލެއްގެ ގޮތުން ހުޅުމާލޭގައި މިހާރުވެސް ދެ ބިމެއް ވަގުތީ ޕާކިންގ ޒޯނުގެ ގޮތުގައި ބޭނުންކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު