ENGLISH

03 ޖުލައި 2025

Advertisement

ނައިބު ރައީސް، އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

02 ޖޫން 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރ، ރިޗާޑް މާލްސްއާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ. 

ރިޗާޑް ޗާލްސް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ ރޭގައެވެ. އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރ ޤައްސާމް މައުމޫނެވެ.

ޑިފެންސް މިނިސްޓަރުގެ އިތުރުން އެގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ މަޤާމުގައި ވެސް ހުންނެވީ ރިޗާޑް ޗާލްސްއެވެ.  

ނައިބު ރައީސް އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ބައްދަލުވުމުގައި ރާއްޖޭގެ ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް އަދި ފޮރިން މިނިސްޓްރީގެ ފަރާތުން އިސްބޭފުޅުން ބައިވެރިވަޑައިގަތެވެ. 

މިއަދުގެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ރާއްޖެ އާއި އޮސްޓްރޭލިއާގެ ސަލާމަތީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ފަތުރުވެރިކަމުގެ ދާއިރާއިން އޮސްޓްރޭލިއާއާ އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވެއެވެ. 

ސަލާމަތީ ގުޅުންތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، ތިމާވެށީގެ ރައްކާތެރިކަމާއި ގުޅޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ވާހަކަދައްކަވައިފައެވެ. އަދި، މޫސުމީ ބަދަލުތަކުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތައް ތަންފީޛުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ދެޤައުމުގެ މެދުގައި މަޝްވަރާތައް ކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު