ENGLISH

04 ނޮވެމްބަރު 2025

Advertisement

މިއަދުވެސް މޫސުން ގޯސް، ހުދު ސަމާލު ނެރެފި

02 ޖޫން 2025

|

އިސްމާއީލް ރާތިއު

ފޮޓޯ: އެމްއެމްޓީވީ

މިއަދުވެސް ރާއްޖޭގެ ކަންކޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދުގެ 09:15-15:00 އަށް ބޯކޮށް ވާރޭވުމާއެކު ގުގުރާ، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމި އިދާރާއިން ލަފާކޮށްފައި ވެއެވެ. 

ރާއްޖޭގެ އެކި ހިސާބުތަކަށް ބަލާއިރު، އިއްޔެގެ 16:30-22:30 އަށް ނ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފައިވެއެވެ. އަދި އދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް، 04:30-09:30 އަށް ހުދު ސަމާލު ނެރެފައިވެއެވެ.

އެ އިދާރާއިން ބުނެފައި ވަނީ މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، މިދުވަސްކޮޅު ކަނޑުތައްވެސް ގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބެލުމަށާއި، ދަތުރުކުރާއިރު ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.

މިއަދަކީ ހުޅަނގު މޫސުމުގެ ރޯނު ނަކަތުގެ ފަހު ދުވަހެވެ. ރޯނު ނަކަތް ދެމި އޮންނާނީ މެއި މަހުގެ 20 ވަނަ ދުވަހުން ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. މި ނަކަތުގައި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި، ކަނޑުގަދަ ވާނެއެވެ. މާދަމާއިން ފެށިގެން ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނީ މިޔަހެލިއަ ނަކަތެވެ. މި ނަކަތުގައި ހުޅަނގު ފަރާތުން ޖެހޭ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު