ENGLISH
03 ޖުލައި 2025
އަންހެނުންނަށް ހާއްސަ ލޯން ސްކީމްގެ ދެވަނަ ފިޔަވަހި ޖޫން 15 ގައި ހުޅުވާލަން ނިންމައިފި
02 ޖޫން 2025
|
ފަށާ މަދަދު ލޯނު މިދިޔަ އަހަރު ލިބުނު ފަރާތްތައް. ދެވަނަ ފިޔަވަހި ޖޫން 15 ގައި ހުޅުވާލާނެ. ފޮޓޯ: އެސްޑީއެފްސީ
ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، ވިޔަފާރީގައި ކާމިޔާބު އަންހެނުން އުފެއްދުމަށް ސަރުކާރުން މިދިޔަ އަހަރު ފެށި "ފަށާ މަދަދު ލޯނު" ސްކީމްގެ ދެވަނަ ފިޔަވަހި ޖޫން 15 ވަނަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.
ފަށާ މަދަދު ލޯނު ދޫކުރަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެންނެވެ.
ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓުގައި ބުނީ އެ ފުރުސަތު ޖޫން 15 ދުވަހު ހުޅުވާލުމާއެކު، އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާނެ ކަމަށެވެ.
ލޯން ސްކީމްގެ ދަށުން 100 މިލިއަން ރުފިޔާގެ ސްޓާޓްއަޕް ސްކީމްގެ 5 ފިޔަވަހި ހިމެނެއެވެ. ފުރަތަމަ ފިޔަވަހި ހުޅުވާލީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެފަހަރު 60 މީހަކަށް ވަނީ ލޯނު ދޫކޮށްފައެވެ. މިދިޔަ އަހަރު 16 އަތޮޅަކަށް 14 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ކޮންމެ ފިޔަވައްސެއްގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 20 މިލިއަން ރުފިޔާ ކަމަށް އެސްޑީއެފްސީއިން ވަނީ ބުނެފައެވެ.
ލޯނުގެ 25 އިންސައްތަ ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށެވެ. ލޯނު ދޫކުރަނީ އަހަރަކު 6 އިންސައްތައިގެ ރޭޓެއްގައި ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެންނެވެ. ލޯނު އަނބުރާ ދައްކަން ހަމަޖައްސާފައިވަނީ 7 އަހަރު ދުވަހެވެ. ލޯނުގެ ގޮތުގައި 100،000 އިން ފެށިގެން 500،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ފަށާ މަދަދު ލޯނު" ސްކީމަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ހާއްސަ ލޯނު ސްކީމެއް ތައާރަފްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އިދާރާތަކަށް ގުޅިގެން ހުޅުވާލި ފުރުސަތެކެވެ. ލޯނު ސްކީމްގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ލޯނު ނެގުމަށް ދަތިވާ އަންހެނުން ހިމެނެއެވެ.