ENGLISH
03 ޖޫން 2025
ބަންޑާރަ ކޮށީގައި މީހަކު ނިޔާވެފައިވާ މައްސަލައެއް ބަލަނީ
01 ޖޫން 2025
|
ދިވެހި ފުލުހުންގެ ޚިދުމަތް
ބަންޑާރަ ކޮށީގައި މިރޭ މީހަކު ނިޔާވެފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި، ގެންދަނީ ތަހުޤީޤު ކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ ބަންޑާރަ ކޮށީގައި މިރޭ މީހަކު ނިޔާވެފައިވާ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ތަހުޤީޤެއް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.
ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ސިފައިންގެ ވަޒީފާގައި ހުރި އެ ޒުވާނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސިފައިންގެ މަރުކަޒުގެ ފާޚާނާއެއްގެ ތެރޭގަ އެވެ.