ENGLISH

03 ޖޫން 2025

Advertisement

ގްރިޑަށް ދިމާވި މައްސަލަ ހައްލުކޮށް މާލެއާއި ހުޅުމާލެއަށް ކަރަންޓު އިއާދަކޮށްފި

01 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ، ފޮޓޯ: ނުކުތާ

މާލެއާއި ހުޅުމާލޭ ކަރަންޓު ގްރިޑަށް ކުރިމަތިވި މައްސަލަ ހައްލުކޮށް ކަރަންޓު ކެނޑުނު ހުރިހާ ސަަރަހައްދުތަކަށް ސްޓެލްކޯއިން ކަރަންޓު އިއާދަކޮށްފިއެވެ. 

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެއާއި ހުޅުމާލޭގެ ގުޅިފައިވާ ކަރަންޓު ގްރިޑަަށް ކުރިމަތިވި މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އަދި މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް މިހާރު ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށެވެ. 

ކަރަންޓު ކެނޑުމުން ކަރަންޓު އަނބުރާ އިއާދަކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކުރެއްވުމާއެކު، އެ މަސައްކަތުގައި އެހީތެރިވެވަޑައިގެންނެވި ހުރިހާ އެންމެންނަށް އެމްޑީ ޝުކުރު އަދާކުރެއްވިއެވެ. 

އަދި މިފަދަަ ކަމެއް ކުރިއަށް އޮތް ތަނުގައި ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ސްޓެލްކޯއިން އަޅާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މިޒާތުގެ ކަމެއް ކުރިއަށް އޮތް ތަނުގައި ތަަކުރާރުނުވާނެ ގޮތަށް އިންތިޒާމުތަައް ތަރުތީބުކުރުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ. 

މިއަދު ކަރަންޓު ކެނޑުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވި ދަތިތަކަށްޓަކައި މައާފަށް އެދިވަޑައިގަތުމާއެކު، މިއަދު މާލޭ ސަރަހައްދުގައި ކަރަންޓު މެދުކެނޑުމަށް މެދުވެރިވި ސަބަބު ދެނެގަނެ އެކަމާ ގުޅުންހުރި މައުލޫމާތު ފަހުން އާއްމުކުރައްވާނެ ކަމުގެ ޔަގީންކަން ފަހުމީ ދެއްވިއެވެ. 

މާލޭ ސަރަހައްދުގައި ކަަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ސީރިއަސް ކަމެއްގެ ގޮތުގައި ބެލުމަށް ރައީސް ދެއްވި އިރުޝާދާއެކު ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް ފުލުހުން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. 

ކަރަންޓު ކެނޑުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުކުރުމަށް ފެށި މަސައްކަތާއެކު ހަތަރު ވަރަކަށް ގަޑިއިރު ތެރޭ މުޅި މައްސަލަ ހައްލުކޮށް މާލެ އަދި ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓު ދީފައިވާއިރު، މުޅި މާލޭ ސަރަހައްދުން ކުރިއަށް އޮތް ތަނުގައި ކަރަންޓު ކެނޑުމަކީ ވަރަށް ނާދިރުކަމެއްކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު