ENGLISH

03 ޖޫން 2025

Advertisement

މާލޭ ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވި ގޮތް ހޯދުމަށް ފުލުހުން ތަހުގީގެއް ފަށައިފި

01 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ފުލުހުންގެ މައި މަރުކަޒު، ފޮޓޯ: އެޑިޝަން

މާލޭ ސަރަހައްދުން ކަރަންޓު ކެނޑުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުންގެ ހިދުމަތުން ހާއްސަ ތަހުގީގެއް ފަށައިފިއެވެ. 

ފުލުހުންގެ ހިދުމަތުން އެކްސްގައި ދެންމެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުން ކަރަންޓު ކެނޑިފައިވާ މައްސަލައާ ގުޅިގެން އެ ހިދުމަތުން އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. 

ފުލުހުންގެ ހިދުމަތުން ހާއްސަ ތަހުގީގެއް ފަށާފައިވާއިރު ކަރަންޓު ކެނޑުނު މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވެއެވެ. އަދި މިފަދަ ގޮަތަކަށް ކަރަންޓު ނުކެނޑޭނެކަން ކަށަވަރުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސްވަނީ އިރުޝާދުދެއްވާފައެވެ. 

ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެންނެވެ. އަދި މިހާރު އެކި ސަރަހައްދުތަކަަށް ބަހާލައިގެން އެ ކުންފުނިން އަންނަނީ ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަަތް ކުރަމުންނެވެ. އެގޮތުން ހޮސްޕިޓާތައް ފަދަ ހައްސާސް ތަންތަން ހުރި ސަރަހައްދުތަކަށް ސްޓެލްކޯއިން އަންނަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ. 

މި މައްސަލަ ބެލުމަށް ފުލުހުން ތަހުގީގެއް ފަށާފައިވާއިރު މިހާރު މާލޭގެ ބައެއް  ސަރަހައްދުތަކަށް ކަރަންޓު އައިސްފައިވާކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު