ENGLISH

03 ޖޫން 2025

Advertisement

ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސްކޮށް ބަލަން ރައީސް އަންގަވައިފި

01 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ހުޅުލެއާއި މާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބެލުމަށް ކަމާ ގުޅުންހުރި އިދާރާތަކަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވައިފިއެވެ. 

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ކުރިމަތިވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެ މައްސަލަ ދެނެގަނެ ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުންޏެވެ. 

މާލެއާއި ހުޅުމާލޭގެ އިތުރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުންނަ ހުޅުލޭގައިވެސް ކަރަންޓެއް ނެތެވެ. 

މިކަމާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުޅި މާލެއާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ގޮސްފައިވާ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އިރުޝާދު ދެއްވާފަައިވާ ކަމަށެވެ. 

އަދި އެފަދަ ކަމެއް ތަކުރާރުނުވާނެހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު