ENGLISH

03 ޖޫން 2025

Advertisement

ދުޅަހެޔޮ، އިސްލާމީ އުސޫލުތަކުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރަން މި ސަރުކާރުން އެހީތެރިވެދޭނެ: ރައީސް

01 ޖޫން 2025

|

ހަސަން އާމިރު

ދުޅަހެޔޮ، އުފާވެރި އަދި އިސްލާމީ އުސޫލުތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މާހައުލެއް ބެލެނިވެރިންނަަށް ފަހިކޮށް ދިނުމަށް މި ސަރުކާރުން އެހީވެދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ބެލެނިވެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ބެލެނިވެރިންނަކީ، ޚާއްސަކޮށް ޒުވާން އަދި އަލަށް ބެލެނިވެރިންނަށްވާ ފަރާތްތަކަކީ ގައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމުގެ މުގައްދަސް ވާޖިބާ ހަވާލުވެ ތިބި ފަރާތްތައް ކަމަށެވެ. އެހެންކަމުން ބެލެނިވެރިންގެ ދުވަހު އެ ފަރާތްތަކުގެ މަތިން ހަނދުމަ އާކޮށް އަގުވަޒަން ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ބެލެނިވެރިންގެ ދުވަހު ރައީސް ވަނީ އެންމެހާ ބެލެނިވެރިންނަށް ތަހުނިޔާ އަރިސްކުރައްވައިފަ އެވެ. އަދި ބެލެނިވެރިންނަށް ސަރުކާރުން އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު