ENGLISH
03 ޖޫން 2025
ރައީސުލްޖުމްހޫރިއްޔާ، ސަމޯއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
01 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަމޯއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރިޔާ ޓޫއިމަލެއަލީފަނޯ ވައަލެޓޯއާ ސުއަލައުވީ ދެވަނައަށާއި، ބޮޑުވަޒީރު ފިއާމޭ ނައޯމީ މަޓާއާފާއާއި، ސަމޯއާގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް ހިއްސާކުރެއްވި މެސެޖުގައި، ސަމޯއާގެ ރައްޔިތުން މި އުފާވެރި މުނާސަބަތު ފާހަގަކުރާއިރު، އެމީހުންގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް، ކުރިއަށް އޮތް ހުރިހާ ޖީލުތަކަށް ތަރައްޤީގެ އަމިއްލަ މަގު ޗާޓްކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ގޮތުގައި، ރާއްޖެ އާއި ސަމޯއާއާ ދެމެދު އޮންނަ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ސަމޯއާއިން މިނިވަންކަން ހޯދީ ޖެނުއަރީ މަހުގެ ކުރީކޮޅު ކަމަށްވާއިރު، ސަމޯއާގައި މިނިވަން ދުވަސް ފާހަގަކުރަނީ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.