ENGLISH
02 ޖޫން 2025
ހުރިހާ ޙާޖީންގެ ހާލު ރަނގަޅު: ޙައްޖު މިޝަން
01 ޖޫން 2025
|
ދިވެހި ޙައްޖުވެރީންގެ ފަހު ގުރޫޕް ޖިއްދާ އެއާޕޯޓްގައި
ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ 1000 ޙައްޖާޖީން މިހާރު ވަނީ މައްކާއަށް ގޮސްފައިވާއިރު ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަން އިން ބުނެފި އެވެ.
ހަތަރު ފްލައިޓެއްގައި ދިވެހި ޙައްޖާޖީން މައްކާއަށް ގޮސްފައިވާއިރު މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހުމާއެކު ޙައްޖުވެރިންގެ ދަތުރަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހައަށް ލިބިގެންގޮސްފައެވެ. އެގޮތުން ޖިއްދާ އެއާޕޯޓުގައި ޙައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުުރުވެގެންދިޔަ އެވެ.
ޙައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާއިރު، ޙައްޖުވެރިންނާއި ގުޅޭ ކަންކަން ސަޢުދީ ސަރުކާރާއި ގުޅިގެން ދިވެހި ޙައްޖު މިޝަންއިން ކުރަމުން އަންނަ ކަމަށް ބުނެ އެވެ.
އަދި ދިވެހި ހުރިހާ ޙާޖީންގެ ހާލު ރަނގަޅު ކަމަށް ބުންޏެވެ.
މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.