ENGLISH
04 ޖުލައި 2025
ކަރެކްޝަންސްއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ޚާއްޞަ މަސައްކަތްތަކެއް ކުރަނީ
31 މޭ 2025
|
ކަރެކްޝަނަލް ސަރވިސް އާއި އައްޑޫ ކައުންސިލް ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާގައި ސޮއިކުރުން. ފޮޓޯ: ކަރެކްޝަންސް.އެމްވީ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްއާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކަރެކްޝަނަލް ސަރވިސްއާ އެކު ފަހުމުނާމާގައި ސޮއިކުރީ ބުރާސްފަތި ދުވަހެވެ. އައްޑޫ ސިޓީ ކައުންސިލްގައި އޮތް ރަސްމިއްޔާތުގައި ދެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ފަހުމްނާމާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ސޮއިކުރައްވާފައިވާ އިރު، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލް ޢަލީ ނިޒާރެވެ.
މި ފަހުމުނާމާއަކީ ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 1005 ވަނަ މާއްދާގައިވާ "ތަފާތު އަދަބު އެއްހަމަ ކުރާ ތާވަލު" ގައިވާ ގޮތުގެ މަތީން ކަނޑައެޅޭ އަދަބުތައް ތަންފީޛު ކުރުމުގައި ޢަމަލު ކުރާނޭ ގޮތްތަކާ ގުޅޭ ގޮތުން އެކުލަވާ ލެވިފައިވާ ޤަވާއިދު ނަންބަރު: 2022/R-13 (ޖަލު ބަންދު ފިޔަވައި ކަނޑައެޅޭ އިތުރު އަދަބުތައް ތަންފީޛު ކުރުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޢަމަލުކުރާނެ ގޮތުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަދަބު ތަންފީޛު ކުރުމުގައި، އަތޮޅު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާގުޅޭގޮތުން ސޮއިކުރެވުނު ފަހުމުނާމާއެކެވެ.