ENGLISH

04 ޖުލައި 2025

Advertisement

މިދިޔަ ހަފްތާ ސްކޭމްގެ 44 މައްސަލަ، 147 ހާސް ރުފިޔާ އަނބުރާ ހޯދައިފި

31 މޭ 2025

|

ޢަލީ ޝަހީމް

ފާއިތުވި ހަފްތާގައި ރާއްޖޭގައި ހިނގި އެކި ބާވަތުގެ އޮޅުވާލައިގެން ފައިސާ ހޯދުން ނުވަތަ ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 147 ހާހަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

އެންޓި ސްކޭމް ސެންޓަރުން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، މިމަހުގެ 18 އިން 30އާ ދެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 899,348.43 ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 147,132.00ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

8 މައްސަލައިގައި ޖުމުލަ ގެއްލުނު ފައިސާ އަނބުރާ ހޯދިފަވާއިރު 3 މައްސަލައެއްގައި އެކިމިންވަރަށް އަނބުރާ ފައިސާ ހޯދިފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ރިޕޯޓްކުރެވުނު ސްކޭމްގެ ބާވަތްތައް:

އީ-ކޮމާސްގެ - 25 މައްސަލަ

ބޭރު ފައިސާ މާރުކުރުމުގެ - 10 މައްސަލަ

ވިޝިންގ ސްކޭމް (ފޯނުން ގުޅައިގެން) - 4 މައްސަލަ

ފިޝިންގ ލިންކް ބޭނުންކޮށްގެން - 2 މައްސަލަ

އެހެނިހެން - 3 މައްސަލަ

ސްކޭމްކުރަން ބޭނުންކޮށްފައިވާ މައިގަނޑު ވަސީލަތްތައް:

• ފޭސްބުކް މާކެޓްޕްލޭސް - 18 މައްސަލަ

• ވައިބަރ - 11 މައްސަލަ

• ފޯންކޯލް - 4 މައްސަލަ

• އައިބޭ - 4 މައްސަލަ

• އެހެނިހެން ޕްލެޓްފޯމްތައް - 7 މައްސަލަ

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން ފައިސާ ދެއްކުމުގެ ކުރިން ރަނގަޅަށް ޔަގީންކުރުމާއި އޯޓީޕީ އަދި ޒާތީ މަޢުލޫމާތު ހިއްސާނުކުރުމާއި ގޮތް ނޭނގޭ ލިންކްތަކަށް ނުވަނުން އަދި ވިޔަފާރި ނުވަތަ ފައިސާމާރުކުރުމުގައި ހުއްދަ އޮންނަ ފަރާތްތަކާއި މުއާމަލާތްކުރުމަށް އެންޓި ސްކޭމް ސެންޓަރުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު