ENGLISH
04 ޖުލައި 2025
ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ގުރުނަގައި ނިންމާލައިފި
31 މޭ 2025
|
ގުރުނެރުން ކުރިއަށްދަނީ (ފޮޓޯ/ މިނިސްޓްރީ)
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ އެއްގޮތަށް ބިންވެރިޔާ ސްކީމްގެ ދަށުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ނިންމާލައިފި އެވެ.
އުސްފަސްގަނޑުގައި އިއްޔެ މެންދުރު 2:30 އިން ފެށިގެން ފެށި މި މަސައްކަތް ނިންމާލީ ރޭ ފަތިހު އެވެ. އެހެންކަމުން މި މަސައްކަތަށް ގާތްގަނޑަކަށް 13 ގަޑިއިރުު ހޭދަވި އެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން އެކުލަވާލާފައި ވަނީ، މި މަހުގެ 15 ގައި ގެޒެޓުކުރެވުނު ލޭންޑްޔޫސް ޕްލޭނަށް ހުށަހެޅުނު ޚިޔާލުތަކަށް ރިއާޔަތްކުރުމަށްފަހު، އެ ސަރަހައްދުން ގޯތިލިބޭ ފަރާތްތައް ތަމްސީލުކުރާ ޔޫނިއަންއާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ގުޅީފަޅުން ބިން ހިއްކުމަށް މިހާތަނަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އެ ރަށުގައި ފެނާއި ނަރުދަމާގެ އިތުރުން އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް 400 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް މިނިސްޓަރު ވަަނީ މީގެކުރިން ވިދާޅުވެފަ އެވެ. އަދި މީހުން އާބަދުކުރުމަށް ކުރަންޖެހޭ މަސައްކަތަށް އެންމެ މަދުވެގެން 700 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް މިނިސްޓަރު އަންދާޒާ ކުރައްވަ އެވެ.