ENGLISH
04 ޖުލައި 2025
އަންނަ ހޯމަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދެރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެްވެސް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރަށް، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށިގެންވާ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7-15 މޭލާ ދެމެދުގެ ބާރުމިނުގައި ވާއިޖެހޭނެ ކަމަށާއި އަދި ކަނޑުތައް ގަދަވާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް، މިއަދުގެ 10:00-16:00 އަށް ހުދު ސަމާލުވެސް އެ އިދާރާއިން ނެރެފައި ވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މޫސުން ގޯސަވާނެ ކަމަށް ލަފާކުރެވޭތީ، ޚާއްޞަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ކުރިއަށް އޮތީ ބޮޑު ޢީދު ކަމަށް ވާތީ ވަރަށް ގިނަ ބަޔަކު ރާއްޖޭގެ އެކި ހިސާބުތަކަަށް ދަތުރު ކުރާނެ އެވެ.