ENGLISH
04 ޖުލައި 2025
އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދުގެ އުފާވެރިކަން ދެމެހެއްޓުމަށް ސަމާލުވުމަށް ގޮވާލައްވައިފި
30 މޭ 2025
|
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު, ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އެއާޕޯޓްގައި ދިވެހި ހާޖިންނާއެކު އިމާމުވެ ހުކުރު ކުރެއްވުމުގެ ކުރީން ޚުތުބާ ދެއްވަނީ --
އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދުގެ އުފާވެރިކަމާއި ދެމެހެއްޓުމަށް ސަމާލުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު, ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިރޭ މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގަ އެވެ.
ވަޒީރު ވިދާޅުވީ ޢީދަކީ އިސްލާމީ މަތިވެރި ޝިޢާރެއް ކަމަށެވެ. އެހެން ކަމުން އިސްލާމީ މުޖުތަމަޢުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢީދުގެ އުފާވެރިކަމާއި މަތިވެރިކަމާއި މާތްކަން ދެމެހެއްޓުމަށް މުސްލިމުން ސަމާލުކަން ދޭންވާނެ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެންމެ ހެޔޮ ގޮތަކީ ޢީދުގެ އުފާ ފާޅުކުރުމުގައި ނަބަވީ ހިދާޔަތަށް ތަބަޢަވުން ކަމަށެވެ.
މި އަހަރުގެ އަލްޙާ ޢީދު ދުވަހަކީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. އަލްޙާ އީދަށް ތައްޔާރު ވުމުގެ ފޯރި މުޅި ރާއްޖޭގައި ވަރަށް ގަދަ އެވެ.
ދިވެހީންގެ ތެރޭގައި ބޮޑު ޢީދުގެ ނަމުން މަޝްހޫރު އަލްޙާ އީދުގައި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ.