ENGLISH

04 ޖުލައި 2025

Advertisement

ކަރަންޓުގެ އަގުހެޔޮ ކުރައްވަން ރައީސް ނިންމަވައިފި

30 މޭ 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކަރަންޓު އަގުހެޔޮ ކުރައްވަން ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރަސްމީކޮށް ޢިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. އެކްސް ގައި ކުރެއްވި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.

ކުޑަ ކުރަން ނިންމާފައިވާ މިންވަރު ވެސް އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ.

އަދި ވިދާޅުވީ އެކަން ތަންފީޒު ކުރުމުގައި ދެމެހެޢްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް ކަމާބެހޭ ފަރާތްތަކުން ކުރައްވަން ޖެހޭ އެންމެހާ ކަންކަން ކުރެއްވުމަށް ދަންނަވާފައިވާނެ ކަމަށެވެ.

ރައީސް ކުރެއްވި ޕޯސްޓް

ރައީސްގެ މި ނިންމެވުމާއެކު ކަރަންޓްގެ އަގު ބޮޑުތަނުން ހެޔޮ ވެގެންދާނެ އެވެ.

ކަރަންޓްގެ ޚިދުމަތް ހޯދުމަށް އާންމުން ކުރަން ޖެހޭ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހުށައެޅި އެންމެ ބޮޑު އެއް ޝަކުވާ އަކީ އެއީ އެވެ.

ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެ ޝަކުވާތަކަށް ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު