ENGLISH

04 ޖުލައި 2025

Advertisement

އެމްއެމްޓީވީން ރަމަޟާން މަހު ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

30 މޭ 2025

|

އިސްމާއީލް ރާތިއު

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެމްޓީވީ

ސާދަ ސަތޭކަ ސާޅީސް ހަވަނަ އަހަރުގެ ރަމަޟާން މަހު، އެމްއެމްޓީވީން ބޭއްވި "ޝިފާއުން ވަ ރަޙްމަ" ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ފަސް ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ކޮންމެ ޢުމުރުފުރައެއްގެ ގަދަ 10 ބައިވެރިންނަށް، ރޭ ވަނީ ހަދިޔާއާއި ހަނދާނީ ލިޔުމުގެ އިތުރުން ފައިސާގެ އިނާމު ދީފައެވެ. އެގޮތުން ކޮންމެ ޢުމުރުފުރައެއްގެ 10 ވަނައިން ފެށިގެން ހަތަރުވަނައަށް 2000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރައެއްގެ ތިންވަނަ އަށް 5000 ރުފިޔާ، ދެވަނަ އަށް 7000 ރުފިޔާ އަދި އެއްވަނަ އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ.

މުބާރަތަށް އިންސާފު ކޮށްދެއްވާފައި ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މުދައްރިސުން ކަމަށްވާ، އަލްޤާރީ އިބްރާހީމް ޝިފާޢު (އިސް ފަނޑިޔާރު) އަލްޤާރީ އިބްރާހީމް ރަމްޒީ އަދި އަލްޤާރިއާ ފާޠިމަތު ރަޝީދާ އެވެ. މީގެ އިތުރުން މުބާރާތުގެ ޚާއްޞަ ފަނޑިޔާރެއްގެ ގޮތުން އަލްޤާރީ އިބްރާހީމް ޝަރީފް ވެސް ފަނޑިޔާރުކަން ކޮށްދެއްވާފައި ވެއެވެ.

ކޮންމެ ޢުމުރުފުރައަކުން ހޮވާލެވުނު އެންމެ މޮޅު ތިން ބައިވެރިން:

7 އަހަރުން ދަށް:

1. ޒައިދާން ބިން ޔަޒީދު

2. އައިލިޝް އިވާން އާދަމް

3. މުޙައްމަދު ޖައިޝް މަދީޙު

7 އަހަރާއި 10 އަހަރާ ދެމެދު:

1. އިޝްވާ މުޙައްމަދު ނާފިޢު

2. އައިރާ ޙަސަން ފަރީދު

3. ޢައިނީ ބިންތު މުޙައްމަދު ފަޒީމް

10 އަހަރާއި 13 އަހަރާ ދެމެދު:

1. މުޙައްމަދު ކިޔާން އަންވަރު

2. އަޝްހަމް މުޙައްމަދު ރަޝީދު

3. ޢަރްޝީ ޢަބްދުﷲ އަފްޝާން

13 އަހަރާއި 18 އަހަރާ ދެމެދު:

1. މުޙައްމަދު ނުހައިކު އިބްރާހީމް ޝިފާޢު

2. އަޙްމަދު ޠޯމިޙް އައްޔޫބު

3. ޒާމިން ޢަބްދުﷲ ޚަލީލް

18 އަހަރުން މަތި:

1. ޢަލީ ޢުމަރު

2. ޢާއިޝަތު ޢިނާން ރަމްޒީ

3. ޢާއިޝަތު އަފްނާން ޝަރީފް

މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމާއި، ދިވެހީންގެ ހިތްތަތަކުގައި ކީރިތި ޤުރްއާނަށް އޮންނަ ލޯބި އިތުރު ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު