ENGLISH
04 ޖުލައި 2025
ސްކައުޓުން ދައްކައިދީފައި ވަނީ ތަޢުރީފު ޙައްޤު ނަމޫނާއެއް: ރައީސް
30 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމިއްޔާތެއްގައި
އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ދިވެހި ސްކައުޓުން ދައްކައިދީފައި ވަނީ ތާރީފު ޙައްޤު ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށުނުތާ 69 އަހަރު ފުރުމުގެ މުނާސަބަތުގައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވަނީ ޤައުމީ ސްކައުޓް ދުވަހުގެ ތަހުނިޔާ މި ޙަރަކާތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް އަރިސް ކުރައްވާފަ އެވެ.
އަދި ވިދާޅުވީ ޤައުމަށް ދިމާވި ކޮންމެ މުހިންމު ކަމަކު ސްކައުޓުން އަބަދުވެސް ތިބެނީ ތައްޔާރަށް ކަމަށެވެ. އިޖްތިމާޢީ އެހީތެރިކަމުގައި، އަދި އެކުވެރިކަމުގެ ޗޭނަކުން މުޅި ރާއްޖޭގައި ބަދަހި ގުޅުމެއް އުފެއްދުމުގައި ސްކައުޓުން ދައްކައިދީފައި ވަނީ ތާރީފު ޙައްޤު ނަމޫނާއެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެެވެ.
ރާއްޖޭގައި ސްކައުޓް ހަރަކާތް ވަރަށް ފުޅާކޮށް ދަނީ ހިންގަމުންނެވެ.
މާލޭގެ ސްކޫލްތަކުގައި ފުރަތަމަ ފެށުނު މި ހަރަކާތް އަތޮޅުތެރޭގެ ވަރަށް ގިނަ ސްކޫލްތަކުގައި ވެސް މިހާރު ވަނީ ފަށާފަ އެވެ. ސްކައުޓް ހަރަކާތަކީ ދިރިއުޅުމުގެ ވަރަށް ގިނަ ހުނަރުތަކާއި ކަންކަން ދަސްކޮށްދޭ ބޭނުންތެރި ހަރަކާތެކެވެ.