ENGLISH

19 ޖޫން 2025

Advertisement

މި ސަރުކާރު ވެރިކަމަށް އައި އިރު ރާއްޖޭގެ ސިއްހީ ހާލަތު އޮތީ ވަރަށް ބޮޑަށް އަޅާނުލެވި: ރައީސް

30 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މި ސަރުކާރުން ވެރިކަމަށް އައި އިރު ރާއްޖޭގެ ސިއްހީ ހާލަތު އޮތީ ވަރަށް ބޮޑަށް އަޅާނުލެވިފައި ކަމަށް ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު ޕޮޑްކާސްޓް"ގައި ސިއްހީ ދާއިރާއާ ގުޅިގެން ސުވާލުކުރެއްވުމުންނެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ. އަދި ސިއްހީ ދާއިރާ ކުރިއަރުވަން މި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ރައީސް ވަނީ މިދިޔަ ސަރުކާރުން ސިއްހީ ދާއިރާއަށް އަޅާނުލެވި އޮތްކަން ފާހަގަކުރައްވާފައެވެ.

""ސިއްހީ ދާއިރާއަކީ ރައްޔިތހުންގެ ޢާންމު ދިރިއުޅުން އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅުގަނޑު އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާ. ރާއްޖޭގެ ސިއްހީ ދާއިރާ، އަޅުގަންޑުމެން ވެރިކަމަށް އައި އިރު އެއްވެސްވަރަކަށް އަޅާނުލެވި އޮތޭ ބުނެވޭ"" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ އިންފްރާސްޓްރަކްޗާ، އިމާރާތްތައް ކުރުން އަދި ވަސީލަތްތަކުގެ ގޮތުންވެސް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަންޖެހުނު ކަމަށެވެ. މީގެއިތުރުން އިންސާނީ ވަސީލަތްތައް ވެސް ބޮޑުތަނުން ތަރައްޤީ ކުރަން ޖެހިފައި ހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މުޅި ސިއްހީ ނިޒާމު ވެސް ވަރަށް ހާލުގައި އޮތުމުން މުޅި ދާއިރާ ވެސް ތަރައްގީ ކުރަންޖެހޭ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ނިޒާމު ރަނގަޅުކުރުމަށް ކަމަށް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު