ENGLISH
04 ޖުލައި 2025
ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭން އަލުން އެކުލަވާލައި، ގުރުނެގުން މިއަދު
30 މޭ 2025
|
ބިންވެރިޔާ ސްކީމްގެ ދަށުން ގުރުނެރުން ކުރިއަށްދަނީ (ފައިލް ފޮޓޯ/ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ)
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ބިންވެރިޔާ
ސްކީމްގެ ދަށުން ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުމަށް
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން
ނިންމައިފި އެވެ.
އެ މިނިސްޓްރީން ރޭ، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައިވާގޮތުން ގުރުނެރުން މިއަފު މެންދުރުފަހު ކުރިއަށްދާނެ އެވެ.
މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން އެކުލަވާލާފައިވަނީ، މި މަހުގެ 15ގައި ގެޒެޓުކުރެވުނު ލޭންޑްޔޫސް ޕްލޭނަށް ހުށަހެޅުނު ޚިޔާލުތަކަށް ރިއާޔަތްކުރުމަށްފަހު، އެ ރަށުން ސަރަހައްދުން ގޯތިލިބޭ ފަރާތްތައް ތަމްސީލުކުރާ ޔޫނިއަންއާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ލޭންޑްޔޫސް ޕްލޭން އަލުން އެކުލަަވާލެވުމާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަހައްދަށް ބަދަލު އައިސްފައިވާތީ އައު ލޮޓް ނަންބަރެއް ކަނޑައެޅުމަށް ގުރުއަތު ނެގުން ތާވަލުކޮށްފައިވަނީ، އިއުލާނުގައިވާ ގޮތުން މިއަދު 14:30 ގައި އުސްފަސްގަނޑުގަ އެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިން
ގުރުނެގުން ކުރިއަށްދާ ގޮތް:
ގުޅީފަޅުން ބިން ހިއްކުމަށް މިހާތަނަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، އެ ރަށުގައި ފެނާ ނަރުދަމާގެ އިތުރުން އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް 400 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް މިނިސްޓަރު ވަަނީ މީގެކުރިން ވިދާޅުވެފަ އެވެ. އަދި މީހުން އާބަދުކުރުމަށް ކުރަންޖެހޭ މަސައްކަތަށް އެންމެ މަދުވެގެން 700 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުވާނެ ކަމަށް މިނިސްޓަރު އަންދާޒާ ކުރައްވަ އެވެ.