ENGLISH
04 ޖުލައި 2025
އައިނު ހެެއްދުމަށް އާސަންދައިން ދޭ އެހީ 2000ރ. އަށް ބޮޑުކޮށް، ރައީސްގެ ވަޢުދުފުޅު ފުއްދަވައިފި
29 މޭ 2025
|
ދުނިޔޭގެ ސިއްޙަތު ދުވަހުގެ ރަސްމީ ޖަލްސާ -- ފޮޓޯ: ރައީސް އޮފީސް
އައިނު ހެެއްދުމަށް އާސަންދައިން ދޭ އެހީ 2000ރ. އަށް ބޮޑުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދަވައިފި އެވެ.
އަންނަ މަހުގެ އެއްވަަނަ ދުވަހުން ފެށިގެން އައިނު ހެެއްދުމަށް އާސަންދައިން ދޭ އެހީ 2000ރ. އަށް ބޮޑުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ އިޢުލާނު ކުރައްވާފަ އެވެ. މިރޭ އޮތް ދުނިޔޭގެ ސިއްޙަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު މަސައްކަތްޕުޅު ބައްޓަން ކުރެއްވީ ހަމަހަމަކަމާއެކު ހުރިހާ ރައްޔިތުންނަށް ފުރިހަމަ ސިއްޙީ ޚިދުމަތެއް ކަށަވަރު ކޮށްދެއްވުމަށް ކަމަށެވެ.
އެގޮތުން މި ނިޒާމުގެ ތެރޭގައި ހިންގަމުންދިޔަ ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ހުރިހާ ކަމެއް ހުއްޓުވާ ސަލާމަތް ކުރެވޭ ފައިސާއިން ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާ ކަމުގައި ވިދާޅުވި އެވެ.
އެ ގޮތުން އެމަނިކުފާނު ވިދާޅުވީ އައިނު ހެއްދުމަށް އާސަންދައިން މިހާރު ދޭ އެހީގެ މިންވަރު ބޮޑު ކުރެއްވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށެވެ. އެކަން ތަންފީޒު ކުރަން، ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާ މިހާރު ދޭ އެހީގެ އަދަދު ބޮޑު ކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވި އެެވެ.
"އެކަމަށްޓަކައި ހަދަން ޖެހޭ ހުރިހާ ހިސާބެއް ހަދާ ނިންމާ އަޅުގަނޑު ވާނީ ކަމާބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައި، ޖޫން އެކަކުން ފެށިގެން އައިނު ހެދުމަށް ދޭ 1000 ރުފިޔާ. 2000 ރުފިޔާއަށް ބޮޑު ކުރުމަށް،" މިރޭ އޮތް ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
މިހާރު އޮންނަ ގޮތުން އައިނު ހެއްދުމަށް އާސަންދައިން ދެނީ ދެ އަހަރުން އެއް އަހަރު 1000 ރުފިޔާ އެވެ.