ENGLISH

04 ޖުލައި 2025

Advertisement

އެޗްޑީސީގެ ޗެއަރމަން ކަމަށް ޝަހީރު އައްޔަނު ކުރައްވައިފި

29 މޭ 2025

|

އަޙުމަދު ޙަމީދު

މ. ލާލުބާގް އަޙްމަދު ޝަހީރު

ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންގެ މަޤާމަށް މ. ލާލުބާގް އަޙްމަދު ޝަހީރު އައްޔަނުކުރައްވައިފި އެވެ.

ޕީސީބީން މިއަދު ވަނީ އެކަަން އިއުލާނު ކޮށްފަ އެވެ. ޕީސީބީން ބުނީ އެޗްޑީސީގެ ޗެއަރމަންގެ މަޤާމަށް އަޙްމަދު ޝަހީރު މިއަދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ޝަހީރު ކުރީން ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަޤާމުގަ އެވެ. އެ މަޤާމަށް ޝަހީރު އައްޔަނު ކުރެއްވީ ފެބްރުއަރީ 11, 2024 ގަ އެވެ. ޝަހީރު ވަނީ ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި, އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާފަ އެވެ. 

ޝަހީރަކީ އެސްޓީއޯގައި 29 އަހަރު ހިދުމަތް ކުރެއްވި އެ ކުންފުނީގެ އެންމެ ހިދުމަތްތެެރި މުވައްޒިފުންގެ ތެރޭގަައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ކުންފުނީގެ އެންމެ އިސް ހުރިހާ މަގާމުތަކެއްހެން ފުރުއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު