ENGLISH

04 ޖުލައި 2025

Advertisement

އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮރުވެރިޔާ ސްކީމުގެ ހުރިހާ ފްލެޓުތައް ނިންމައި ހަވާލުކުރުން: މިނިސްޓަރު

29 މޭ 2025

|

ޝާމަ ޝުޢައިބު

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރާ 4،000 ފްލެޓުތަކުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާ، އެ ފްލެޓުތައް އޭގެ ހައްގުވެރިންނާ ހަވާލުކޮށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް 1000 ފްލެޓުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށެވެ. 

"ޕްރޮޖެކްޓް ރޭވިފަ އޮތް ގޮތުން އެ ތަންތަނަށް ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ގުޅުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އަޅުގަނޑުމެން އުއްމީދު މި ކުރަނީ ޖުލައި މަސްތެރޭގަ ފެށެންވާއިރަށް މި 1000 ފްލެޓަށް ޚިދުމަތްތައް ދެވިގެންދާނެ ކަމަށް." - އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބު

މި 4000 ފްލެޓް އެޅުމުގެ މަސައްކަތް ނިމުމަކާ ހަމައަށް ދާއިރު ސަރުކާރުގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް އިތުރު 1000 ފްލެޓް ނިންމައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް 4000 ފްލެޓުގެ މަސައްކަތް އެއްކޮށް ނިންމާ އެ ފްލެޓުތަކުގެ ހައްގުވެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންކަން ކަށަވަރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ލިބުނު ޝަކުވާތައް މިހާރު ވަނީ ބަލަން ފަށާފައެވެ. 

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެންމެ ފުރަތަމަ ހުޅުވާލީ މާޗް މަހުގެ 1 އިން 30 ގެ ނިޔަލަށެވެ. އެހެން ނަމަވެސް ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދުވުމާއި އީދު ބަންދު ދުވަސްތައް އައުމުން، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 15 ވަނަ ދުވަހާ ހަމައަށް އިތުރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު