ENGLISH

04 ޖުލައި 2025

Advertisement

ސަމާލުވޭ، ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް!

29 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ފެކޭޖު ހަވާލުކުރަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުން ދާތީ މިކަމަށް ސަމާލު ވުމަށް ޕޯސްޓު އޮފީހުން އެދިއްޖެއެވެ.

އެކަމާއި ގުޅިގެން ޕޯސްޓް އޮފީހުން ބުނީ އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް މޯލްޑިވްސް ޕޯސްޓް އިން އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ ކަމަށެވެ.

އަދި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ޕޯސްޓްގެ ނަމުގައި ފޮނުވާ ލިންކުތަކަށް ނުފިތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޕޯސްޓުގެ ނަމުގައި ކުރަމުންދާ ސްކޭމް މެސެޖްގައި ބުނެފައިވަނީ ކަސްޓަމަރުގެ އެޑްރެސް ނުބައިކޮށް ޖަހާފައި އިނުމުން ޕެކޭޖް ޑެލިވާރ ނުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ރަނގަޅު އެޑްރެސް ޖެހުމަށް އެދި އެ މެސެޖްގައިވާ ލިންކަން ފިއްތާލުމަށް ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ގިނަ މީހުންގެ "ޓީމޫ" ޕެކޭޖު ނުލިބިގެން ޝަކުވާކުރަމުން އަންނަ ދުވަސްވަރަކަށް ވުމުން ޕޯސްޓް އޮފީހުން ވަނީ މިކަމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު