ENGLISH

19 މޭ 2025

Advertisement

ޑެޕިއުޓީ ޕީޖީ އަދި އެސިސްޓެންޓް ޕީޖީކަމަށް ދެ ވަކީލަކު އައްޔަނުކުރައްވައިފި

10 މޭ 2025

|

ޝިފްޒާން އަޙްމަދު

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އެންމެ އިސް ދެ މަގާމުކަމަށްވާ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އެ އޮފީހުގެ ދެ ގާނޫނީ ވަކީލަކު މިއަދު އައްޔަނުކުރައްވައިފިއެވެ. 

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފުގެ ދަށުން މަސައްކަތްކުރައްވާ އެންމެ އިސް ދެ ވެރިންގެ މަގާމަށް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު މިއަދު އެ އޮފީހުން ނޫސްވެރިންނާ ހިއްސާކޮށްފައިވެއެވެ. އެގޮތުން އެ މަގާމުތަކަަށް އައްޔަންކުރެއްވީ: 

- ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އާއިޝާ މުހައްމަދު 

އާއިޝާ މުހައްމަދަކީ ޑިސެންބަރު 14، 2011 އިން ފެށިގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި މަސައްކަަތްކުރައްވަމުންދާ ވަކީލާއެކެވެ. އޭނާއަކީ މިހާރު އެ އޮފީހުގައި މަސައްކަތްކުރައްވާ ވަކީލުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެންމެ ތަޖުރިބާކާރު އެއް ވަކީލުކަން އެ އޮފީހުން ފާހގަަކުރެއްވިއެވެ. 

އާއިޝާގެ އިތުރަށް މިހާރުވެސް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަަގާމުގައި ހުންނެވި މަހުމޫދު ސަލީމު އެ މަގާމުގައި ހުންނަވާނެ ކަމުގައި އެ އޮފީހުން ބުނެފައިވެއެވެ. 

- އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޕަބްލިކް ޕްރޮސެކިއުޓާ ހުސައިން ސާމީ އައްޔަންކުރައްވާފައިވެއެވެ. 

ސާމީއަކީ ޖުލައި، 2018 އިން ފެށިގެން ޕީޖީ އޮފީހުގައި މަސައްކަތްކުރައްވަމުންދާ ވަކީލެކެވެ. އެ އޮފީހާ ގުޅިވަޑައިގެންނެވި ފަހުން ބޮޑެތި މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރައްވާފައިވާ ސާމީއަކީ ތަޖުރިބާކާރު ވަކީލެއްވެސްމެއެވެ. 

ކިޔުންތެރިންގެ ހިޔާލު