ENGLISH

06 ޖުލައި 2025

Advertisement

ހައްޤުތައް ނަގާލާ ދޮގު ވާހަކަ ފެތުރުމަކީ، އެއްވެސް ހަމައަކުން ބަލައިގަނެވޭނޭ ކަމެއް ނޫން: ފަލާޙް

02 މޭ 2025

|

އަޙުމަދު ޙަމީދު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙް

ހައްޤުތައް ހޯދަން ނިކުމެ އެހެން މީހުންގެ ހައްޤުތައް ނަގާލާ، ބޮޑެތި ދޮގު ވާހަކަ މީހުންގެ ނަމުގައި ފެތުރުމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެ އެވެ.

އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ފަލާޙް ވިދާޅުވީ ރޭގެ މުޒާހަރާގައި ޢާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފުވުމާއި ފުލުހުންގެ ޤާނޫނީ މަސައްކަތަށް ހުރަސް އެޅުމުން ދެ މީހަކު ފުލުހުންގެ ބަންދަށް ގެންދިއުމާއި ގުޅިގެން ރައީސް ޑރ މުޢިއްޒުގެ ދަރިކަނބަލުން ޔާސްމީން މުޙައްމަދު މުޢިއްޒުގެ އިންސްޓާގްރާމް އެކައުންޓުން އެކަމާ އުފާފާޅު ކުރިކަމަށް ބުނެ، ފަތުރަމުން ދަނީ ފާޅުވެގެންވާ ބޮޑު ދޮގެއް ކަމަށެވެ.

".. މިއީ ކަމާ ގުޅުން ނެތް އެހެން މީހުންގެ ހައްޤުތައް ނަގާލަން ޑިމޮކްރަސީގެ ނަމުގައި އަބަދުވެސް ޤައުމުގެ ޢަދުއްވުން ހިންގާ ޖަރީމާގެ އެއްވައްތަރެވެ،" ފަލާހު ވިދާޅުވިއެވެ.

ފަލާޙް ވިދާޅުވި ގޮތުގައި ޒުވާން އަންހެނަކު ޢިމާރާތަކުން ވެއްޓުނު ހާދިޘާ އާއި ގުޅިގެން އެ މަައްސަލަ ބެލުމުގައި ފުލުހުންގެ އިޙްމާލު އޮތް ކަމަށް ބުނެ، ޒުވާނުންގެ ބަޔަކު ކުރަން ފެށި މުޒާހަރާ އާ އެކުހެން ސަރުކާރުގެ ފަރާތުން ވަނީ އެކަށީގެންވާ ހަރުދަނާ ގޮތެއްގައި އެ މައްސަލަ ބަލައި އިންސާފުވެރި ތަޙްޤީޤެއް ކުރެވޭނޭ ހުރިހާ މަގެއް ކޮށައިދީފަ އެވެ.

ނަމަވެސް ޒިންމާދާރުކަމެއް ނެތް އިދިކޮޅު ސިޔާސީ ފަރާތްތައް އަޑީގައި ތިބެގެން، ހިންގާ ޕޮރްޕަގެންޑާތަކުގެ އަވާގައި ޖެހި، މުޒާހަރާ ކުރަމުން ދިޔަ ޒުވާނުން ފާއިތުވި ރޭތަކުގައި ވަނީ ޢާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު އަދި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފު އެތަކެއް ޢަމަލުތަކެއް މި މުޒާހަރާތަކުގެ ތެރެއިން ކޮށްފައި ކަމަށް ވިދާޅުވި އެވެ.

އެގޮތުން މަޖީދީ މަގުގެ މެދުގައި، ޢާންމު ރައްޔިތުންގެ ދަތުރުފަތުރަށް ހުރަސްއަޅައި، ޢާންމު ވިޔަފާރުތަކަށް ގެއްލުންދީ، ޢާންމު ދިރިއުޅުމާއި، ކިޔަވާ ކުދީންގެ ހައްޤުތަކަށް ވެސް ދިޔައީ ކޮންމެ ރެއަކު އަރައިގަންނަމުން ކަމަށް ވިދާޅުވި އެވެ.

"އެހެން ކަމުން ހައްޤުތައް ހޯދަން ނިކުންނަނަމަ އެހެން މީހުންގެ ހައްޤުތަކެއް ވާނޭކަމަށް ޤަބޫލުކޮށް، ތިމާގެ ހައްޤުތައް ނިމޭ ހިސާބުން އަނެކާގެ ހައްޤުތައް ފެށޭނޭކަން ޤަބޫލުކުރައްވާށެވެ،" ޒުވާނުންނަށް ނަސޭހަތް ދެއްވާ ފަލާޙް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ދިވެހިރާއްޖޭގެ ފުލުހުންނާއި ސަލާމަތާބެހޭ ބާރުތަކުން ޤާނޫނީވެރިކަން ދިފާޢުކޮށް، ޤައުމުގެ ދާޚިލީ ހަމަޖެހުން އަބަދުވެސް ޤާއިމު ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު