ENGLISH

04 ޖޫން 2025

Advertisement

"މޯލްޑިވްސް އޯޕަން 2025" ކާމިޔާބުކަމާއެކު ނިންމާލައިފި

27 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

އެމްޖީއޭ އިން އިންތިޒާމްކޮށްގެން ބޭއްވި "މޯލްޑިވްސް އޯޕަން 2025" ގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ) އިން އިންތިޒާމްކޮށްގެން ބޭއްވި "މޯލްޑިވްސް އޯޕަން 2025" ގެ ފުރަތަމަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ލަންކާގެ ވިކްޓޯރިއާ ގޮލްފް ކްލަބުގައި ބޭއްވި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި އެމްޖީއޭގެ އިސްވެރިންގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ، ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވަނީ، ދިވެހިރާއްޖޭގައި ކުޅިވަރެއްގެ ގޮތުގައި ގޮލްފް ތަރައްޤީކުރުމަށް އެމްޖީއޭ އިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވައި، ދިވެހިރާއްޖޭގައި މި ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުގެ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފައެވެ.

ވަޒީރު ވިދާޅުވީ، ގޮލްފަކީ ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ކުޅިވަރެއްގެ ގޮތުގައި، އެކި މުޖުތަމަޢުތަކުގައި ފުޅާ ދާއިރާއެއްގައި ނުފޫޒު ބޮޑު ކުޅިވަރެއް ކަމަށެވެ. ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ރިސޯޓުތަކާއެކު، ދިވެހިރާއްޖެއަކީ މިފަދަ ބައިނަލްއަޤްވާމީ ގޮލްފް މުބާރާތްތައް ބޭއްވުމަށް ވަރަށް އެކަށީގެންވާ މާޙައުލެއް ކަމުގައި ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.

ރާއްޖެ އަށް ގޮލްފް ތަޢާރަފްކުރުމުގެ ގޮތުން ލަންކާގެ ކެންޑީގައި ބޭއްވި "މޯލްޑިވްސް އޯޕަން 2025" މުބާރާތުގައި މުޅިއެކު 26 ފަރާތަކުން ބައިވެރިވެފައިވެއެވެ.

"މޯލްޑިވްސް އޯޕަން 2025" އަކީ ދިވެހިރާއްޖޭގައި ކުޅިވަރެއްގެ ގޮތުގައި ގޮލްފް ކުރިއަރުވައި، ތަރައްޤީކުރުމަށް އެމްޖީއޭއިން ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.

ކިޔުންތެރިންގެ ހިޔާލު