ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

އެތުލެޓިކްސް އެސޯސިއޭޝަން މުބާރާތުގައި ނާއިކް އަށް ޤައުމީ ރެކޯޑެއް

25 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ހައި ޖަމްޕްގެ ޤައުމީ ރެކޯޑް މުގުރާލި ނާއިކް. --ފޮޓޯ: އިމޭޖަސް.އެމްވީ

ބާރަ ވަނަ މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ހައި ޖަމްޕް އިވެންޓުން ޔޫސުފް ނާއިކް ވަޖީހު ޤައުމީ ރެކޯޑެއް ޤާއިމުކޮށްފިއެވެ.

މާލޭ ސިންތެޓިކް ޓްރެކުގައި މި މަހުގެ 24 ވަނަ ދުވަހު ފެށި މުބާރާތުގައި ހައި ޖަމްޕް އިވެންޓުން ނާއިކް ވަނީ 1.88 މީޓަރުގެ އުސްމިނަށް ފުންމައިގެން ޒަމާންވީ ރެކޯޑެއް މުގުރާލައިފައެވެ. 

ނާއިކް މުގުރާލީ ރެކޯޑަކީ، 16 އަހަރުވަންދެން އަހުމަދު ޒަބީރު އަތުގައި އޮތް ރެކޯޑެކެވެ. އެއީ، 1.85 މީޓަރުގެ އުސްމިނަށް ފުންމައިގެން ޒަބީރު ހަދާފައިވާ ރެކޯޑެކެވެ.

މީގެކުރީން، މި އަހަރުގެ ތެރޭގައި ނާއިކް ވަނީ ދެ ފަހަރެއްގެ މަތީން ހައި ޖަމްޕްގެ ޤައުމީ ރެކޯޑް މުގުރާލައިފައެވެ. އެއީ، އޭޝިއާގެ 18 އަހަރުން ދަށުގެ އެތުލެޓިކްސް މުބާރާތާއި، އެ މުބާރާތަށް ތައްޔާރުވުމަށް ބޭއްވީ ދައްމާމް ޓްރަޔަލަސްގައި ވާދަކޮށްގެން ރާއްޖޭގެ 18 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ ހައި ޖަމްޕް ރެކޯޑެވެ.

ކިޔުންތެރިންގެ ހިޔާލު