ENGLISH

09 މޭ 2025

Advertisement

ރާއްޖޭގެ ފުރަތަމް ގޮލްފް މުބާރާތް ލަންކާގައި އިފްތިތާހުކޮށްފި

25 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

"މޯލްޑިވްސް އޯޕަން 2025" ގޮލްފް މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މޯލްޑިވްސް ގޮލްފް އެސޯސިއޭޝަން (އެމްޖީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "މޯލްޑިވްސް އޯޕަން 2025" ގޮލްފް މުބާރާތް މިއަދު ސްރީ ލަންކާގައި އިފްތިތާހުކޮށްފިއެވެ.

ލަންކާގެ ކެންޑީގައި ހުންނަ ވިކްޓޯރިއާ ގޮލްފް ކްލަބުގައި ބޭއްވި ފެށުމުގެ ރަސްމިއްޔާތުގައި މި މުބާރާތް ފައްޓަވައިދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި އެމްޖީއޭގެ ރައީސް، ޗަމްޕާ ހުސެއިން އަފީފްގެ އިތުރުން އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަހުމަދު ނަޒީރު އާއި ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރު، އިބްރާހިމް އާމިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގޮލްފް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވަނީ، މުޅިން އަލަށް ރާއްޖޭގައި ގޮލްފް ތަޢާރަފްކޮށް މުބާރާތެއް ބާއްވަވަން ނިންމެވުމުން އެމްޖީއޭގެ އިސްވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ.

އަދި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅިވަރު ކަމަށްވާ، ގޮލްފް ކުރިއެރުވުމަށް އަދުގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި، މި މުބާރާތާއެކު ގިނަ ބަޔަކު އެ ކުޅިވަރަށް ޝައުގުވެރިވެ ކުރިއަށްދާން ފުރުޞަތު ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު