ENGLISH

10 މޭ 2025

Advertisement

ބިލިއާޑް 8-ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނުންނަކީ ސާހިލް އާއި ދީނާ

24 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ ސާހިލް (ވ) އާއި ދީނާ. --ފޮޓޯ: އެމްބީޕީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބޭއްވީ މި އަހަރުގެ 8-ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން މުޙައްމަދު ސާހިލް ހަމީދު އާއި ދީނާ އަހުމަދު ހޯދައިފިއެވެ.

މުޅިއެކު ދެ ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މުޙައްމަދު ސާހިލް ހަމީދު ހޯދީ ފައިނަލުގައި ހަސަން ޝާޒް މުޙައްމަދު ބަލިކޮށްގެންނެވެ.

ގައުމީ ބިލިއާޑް ސެންޓަރުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ފެށިގެން ވާދަވެރިކޮށް ފެނުނު ނަމަވެސް، ފަހުން މާބޮޑު ވާދަވެރިކަމެއް ނެތި ސާހިލް މި މެޗު ކާމިޔާބުކުރީ 11-6 ފްރޭމުންނެވެ.

އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، މެޗު ފެށިގެން އާމިނަތު އަޒްރާ ދެ ފްރޭމުގެ ލީޑެއް ނަގާފައިވަނިކޮށް، އަދި އެއަށްފަހު 4-3 އިން ކުރީގައި އޮއްވާ، ދީނާ އަހުމަދު ވަނީ ނަތީޖާ އަނބުރާލައި، 7-4 އިން މެޗު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދައިފައެވެ.

އެމްޕީބީއޭ އިން މިދިޔަ އަހަރު ބޭއްވީ 8-ބޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އިސްމާއިލް ސުވެއިދު އެވެ. އެފަހަރުގެ ފައިނަލުގައި ސުވެއިދު ވަނީ ސާހިލް ބަލިކޮށްފައެވެ. އަންހެން ބައިގެ ފައިނަލްގައި އަޒްރާ ވަނީ އާމިނަތު ހަލީމް (ދިލް) އަތުން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު