ENGLISH

10 މޭ 2025

Advertisement

ބީއެމްއެލް އިން ސްވިމިން އެސޯސިއޭޝަނާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ މުއްދަތު އިތުރުކޮށްފި

23 އޭޕްރީލު 2025

|

މުޙައްމަދު އަދުހަމް

ސްވިމިންގ އެސޯސިއޭޝަން އާއެކު ބީއެމްއެލް އިން ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. --ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއޭއެމް) އާއެކު ވެފައިވާ ޤައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނަރޝިޕް އިތުރު 3 އަހަރަށް އައުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ބީއެމްއެލް އިން ރާއްޖޭގެ ފެތުމުގެ ކުޅިވަރު އިތުރަށް ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ދަށުން، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ސްވިމިންގ ޓީމުގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

"ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އޮންނަ ޕާޓްނަރޝިޕް އައުކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް. ވޭތުވެދިޔަ އަހަރުތަކުގައި ފެތުމުގެ ދާއިރާއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައި. އަޅުގަނޑުމެންގެ އެތުލީޓުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް އެހީތެރިވުމަށް އަޅުގަނޑުމެން ދެމިތިބޭނަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވީ، ބީއެމްއެލް އާއެކު އެ އެސޯސިއޭޝަންގެ ޕާޓްނާޝިޕް އައު ކުރެވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އަދި، މި ޕާޓްނާޝިޕްގެ ސަބަބުން، ދިވެހި ފެތުންތެރިންނަށާއި، އެ ކުޅިވަރު ރާއްޖޭގައި ކުރިއަރުވައި ޤައުމަށް ރީތި ނަމާއި ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ބޭންކުގެ ފަރާތުން ނުހަނު ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް ސައްތާރު ވިދާޅުވިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ސްވިމިންގ އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދެމުންދާއިރު، މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން އެ ބޭންކުން ދޭ އަހުމިއްޔަތުގެ ރަމްޒެކެވެ. އަދި، މި އެއްބަސްވުމާއެކު ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު