ENGLISH
19 އޭޕްރީލު 2025
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް މުޖުތާޒު އައްޔަންކުރަން މަޖިލީހުން ރުހުން ދީފި
16 އޭޕްރީލު 2025
|
މުޙައްމަދު މުޖުތާޒު
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރުކަމަށް މުޙައްމަދު މުޖުތާޒު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ސީއެސްސީގެ މެމްބަރުކަމަށް މުޖުތާޒު އައްޔަންކުރައްވަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނަން ފޮނުއްވީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ނަން ދިރާސާކުރުމަށްފަހު ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުން ވަނީ ރުހުންދިނުމަށް ފާސްކޮށްފަ އެވެ.
ސީއެސްސީގެ މެމްބަރެއްގެ މަގާމު ހުސްވީ ކުރިން ސީއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އެ ކޮމިޝަންގެ ނައިބް ރައީސް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމަށް ތައްޔާރުވަމުން ދަނިކޮށް މިދިޔަ މަހުގެ 11 ވަނަ ދުވަހު އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މުޖުތާޒު މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރުކަމާއި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައިވެސް ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވެ އެވެ.