ENGLISH

26 އޭޕްރީލު 2025

Advertisement

މިނިސްޓަރު އަމީން އައިކާއޯގެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް ޤަަތަރަށް ފުރާވަޑައިގަންފި

16 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ޖަމިއްޔާ (އައިކާއޯ) އިން އިންތިޒާމްކޮށްގެން ބާއްވާ 2025 ވަނަ އަހަރުގެ ފެސިލިޓޭޝަން ކޮންފަރެންސްގެ މިނިސްޓްރިއަލް ސެގްމެންޓުގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާގައި އޭޕްރިލް މަހުގެ 14 އިން 17 އަށެވެ.

މި ކޮންފަރެންސްގެ މިނިސްޓްރިއަލް ސެގްމެންޓު އޮންނާނީ އޭޕްރިލް 17 ވަނަ ދުވަހުއެވެ.

މި ސެގްމެންޓުގައި އައިކާއޯގެ މެމްބަރުނާއި ވައިގެ ދަތުރުފަތުރާބެހޭ ވަޒީރުންގެ މެދުގައި ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.

މީ ގެ އިތުރުން މި ކޮންފަރެންސްގައި "ދޯހާ ޑެލެގޭޝަން އޮފް ފެސިލިޓޭޝަން އޮފް އިންޓަރްނޭޝަނަލް އެއަރް ޓްރާންސްޕޯޓް 2025" ގެ ނަމުގައި ގަރާރެއް ފާސްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

މި ޤަރާރަކި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު އިތުރަށް ތަރައްގީކުރުމުގެ ގޮތުން ފާސްކުރާ ގަރާރެކެވެ.

މި ކޮންފަރެންސްގެ މަގްސަދަކީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް އެންމެ ރަނގަޅު ފެންވަރުގައި ފޯރުކޮށްދިނުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރުމާއި، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައެޅުމަށް މަގުފަހިކުރާނެ ނިންމުންތަކަކަށް ވާސިލްވުމެވެ.

ކިޔުންތެރިންގެ ހިޔާލު