ENGLISH
26 ނޮވެމްބަރު 2024
އަމޯރިމް ދިޔުމުން ސްޕޯޓިންގެ ކޯޗަކަށް ޖޮއާއޯ ޕެރޭރާ
12 ނޮވެމްބަރު 2024
|
ޖޮއާއޯ ޕެރޭރާ
އެންމެ މަޤްބޫލު
މެންޗެސްޓާރ ޔުނައިޓެޑްގެ ދާއިމީ ކޯޗުގެ މަޤާމާ ހަވާލުވުމަށް، ސްޕޯޓިން ލިޒްބަންގެ މަޤާމް ދޫކޮށްލި ރުބެން އަމޯރިމްގެ ބަދަލުގައި އެޓީމުގެ ކޯޗަކަށް ޖޮއާއޯ ޕެރޭރާ ހަމަޖައްސައިފިއެވެ.
އިއްޔެއާ ހަމައަށް، އުމުރުން 40 އަހަރުގެ ޖޮއާއޭ ޕެރޭރާއަކީ ޒުވާން ޓީމުގެ ކޯޗެވެ. އޭނާގެ ކޯޗުކަމުގެ ދަށުގައި އެޓީމުން ވަނީ 11 މެޗު ކުޅެފައެވެ.
އަމޯރިމްގެ ކޯޗުކަމުގެ ދަށުން ސްޕޯޓިންއަށް ޑިފެންޑަރެއްގެ މަޤާމްވެސް ވަނީ ޖޮއާއޭ ޕެރޭރާ އަދާކޮށްފައެވެ. އަދި އަމޯރިމްގެ ކޯޗުކަމުގެ ދަށުން ސްޕޯޓިން އިން ޕޯޗުގަލްގެ ޕްރިމޭރާ ލީގު ޗެމްޕިއަންކަން 2021 ގައި ހޯދި ސީޒަނުގައި ކުޅުންތެރިޔެއްގެ ގޮތުގައި ޕެރޭރާ ވަނީ ހިމެނިފައެވެ. އޭނާ ވަނީ އެ ކްލަބަށް ޖުމްލަ 150 އަށް ވުރެ ގިނަ މެޗު ކުޅެފައެވެ.
މީގެއިތުރުން، 23 އަހަރުން ދަށުގެ ޓީމުންވަނީ ޖޮއޭއޯ ޕެރޭރާގެ ކޯޗުކަމުގެ ދަށުގައި 53 މެޗު ކުޅެ އޭގެ ތެރެއިން 20 މެޗު ކާމިޔާބުކޮށްފައެވެ.
ކުޅުނު ދުވަސްވަރުން ފެށިގެން ސްޕޯޓިން އިން ގިނަ ކަންތައްތަކެއް އޭނާ އަށް ކޮށްދީފައިވާ ކަމަށް ކޯޗުކަމާ ހަވާލުވުމަށްފަހު ޖޮއާއޯ ޕެރޭރާ ބުންޏެވެ.
ޖޮއާއޯ ޕެރޭރާ
"އަހަންނަށް އޭގެ އަގު އަދާކުރެވުނީ ސުޕަ ކަޕް އަދި ލީގު ޗެމްޕިއަންކަން ހޯދައިދީގެ އެކަނި. އެ ވެސް ބެލެވުނީ ކްލަބުން އަހަންނަށް ކޮށްދިން ކަމެއްގެ ގޮތުގައި،" ޕެރާރާ ފާހަގަކުރިއެވެ.
"އަހަރެން ބޭނުން ކްލަބުން އަހަންނަށް ކޮށްދިން މަސައްކަތްތަކުގެ އަގު އަދާކޮށްދޭން. އެކަން ނުކުރެވޭތީ އަހަރެން ދެރަވަން. އެހެންވީމާ ކޯޗެއްގެ ގޮތުގައި އަހަރެން ބޭނުން ގިނަ ތަށިތަކެއް ހޯދައިދީގެން އޭގެ އަގު އަދާކޮށްދޭން. ސަބަބަކީ ސްޕޯޓިން އަށް އެކަން ހައްޤުވެގެންވޭ."
ކޯޗުކަމުން އަމޯރިމް ވަކިވީ ލެގަސީއެއް އުފެއްދުމަށްފަހު ގައި ކަމަށް އޭނާ ބުންޏެވެ. އަމޯރިމްގެ ކޯޗުކަމުގެ ހިޔަލުގައި އެ ކްލަބުން ވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ 10 ލީގުގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ މެޗު ކާމިޔާބު ކޮށްފައެވެ.