ENGLISH

02 އޭޕްރީލު 2025

Advertisement

ސަތޭކަ މިލިޔަން ރުފިޔާއަށްވުރެ އަގުހުރި، ދުނިޔޭގެ އެންމެ އަގުބޮޑު "ޕެޓް ޑޯގް"

22 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

ކަޑަބޮމްބް އޮކާމީ: ދުނިޔޭގެ އެންމެ އަގުބޮޑު ކުއްތާ--ފޮޓޯ: އިންޑިއާ ޓުޑޭ

ފެބްރުއަރީ މަހު، "ކަޑަބޮމްބް އޮކާމީ" ނަމަކަށް ކިޔާ ކުއްތާއެއް 5.4 މިލިއަން ޑޮލަރަށް، ނުވަތަ 100 މިލިއަނެއްހާ ރުފިޔާއަށް ވިއްކާލިއެވެ. މި އާދަޔާ ޚިލާފު ކުއްތާ ގަތީ އިންޑިއާގެ ކުއްތާ އާލާކުރާ މީހެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއީ މި ބާވަތުގެ ފުރަތަމަ ކުއްތާއެވެ. މި އަގުބޮޑު ކުއްތާއަކީ ހިޔަޅަކާ ކޯކޭޝިއަން ޝެފަޑެއްގެ ދެމެދުން އުފެދިފައިވާ ކުއްތާއެކެވެ. މިއީ މި ބާވަތުގެ ފުރަތަމަ ކުއްތާ ކަމަށް ބެލެވެއެވެ.

މި ކުއްތާ ގަނެފައިވަނީ އިންޑިއާގެ ދެކުނުގައިވާ ކަރްނާޓަކާގެ ބެންގަލޫރުގައި ދިރިއުޅޭ، މަޝްހޫރު ކުއްތާ އާލާކުރާ މީހެއް ކަމަށްވާ އުމުރުން 51 އަހަރުގެ އެސް. ސަތީޝް އެވެ. އޭނާ 150 އަށްވުރެ ގިނަ ބާވަތުގެ ކުއްތާ ގެންގުޅެއެވެ.

ސަތީޝް އަދި ކަޑަބޮޮމްބް އޮކާމީ: ހާއްސަ ހަފްލާތަކުގައި މި ކުއްތާ ބައިވެރިކޮށްގެން ސަތީޝް އަށް ރަނގަޅު އާމްދަނީއެް ލިބޭ--ފޮޓޯ: ދަ ގާޑިއަން

ދުނިޔޭގެ އެންމެ ނާދިރު ކުއްތާ ކަމަށް ބުނެވޭ އޮކާމީ އުފަންވެފައިވަނީ އެމެރިކާގައެވެ. އަދި ފެބްރުއަރީ މަހު އިންޑިއާގެ ބްރޯކަރެއް މެދުވެރިކޮށް ވިއްކާލެވުނެވެ. އުމުރުން އެންމެ 8 މަހުގެ މި ކުއްތާގެ ބަރުދަނަކީ 75 ކިލޯގްރާމެވެ.

އިންޑިއަން ޑޯގް ބްރީޑަރސޑަރސް އެސޯސިއޭޝަންގެ ރައީސް ކަމުގައިވާ ސަތީޝް ބުނެފައިވަނީ މިއީ ވަރަށް ނާދިރު ބާވަތެއްގެ ކުއްތާއެއް ކަމަށާއި މި ބާވަތުގެ ކުއްތާއެއް ކުރިން ދުނިޔޭގައި އުފަންވެފައި ނުވާ ކަމަށެވެ.

މި ޚާއްޞަ  ކުއްތާ އާލާކޮށްފައިވަނީ އެމެރިކާގައެވެ. ސަތީޝް ބުނި ގޮތުގައި 50 މިލިއަން ރުޕީސް ހޭދަކުރުމަށްފަހު އޭނާ މިކުއްތާ ގަތީ އޭނާ އަކީ ކުއްތާއަށް ލޯބިކުރާ މީހަކަށް ވުމުގެ އިތުރުން ތަފާތު ކުއްތާތައް ގަނެ އިންޑިޔާއަށް ތައާރަފުކުރަން ބޭނުންވާތީ ކަމަށެވެ.

ކޯކޭޝިއަން ޝެފަޑްސްއަކީ ވަރަށް ޖާނުން ވަރުގަދަ ކެހެރިބޯ ކުއްތާގެ ބާވަތެކެވެ. މި ކުއްތާ ނިސްބަތްވަނީ ޖޯޖިއާ، އާމީނިއާ، އަޒަރްބައިޖާން އަދި ރަޝިއާގެ ބައެއް ސަރަޙައްދުތައް ފަދަ ފިނި ޤައުމުތަކަށެެވެ. މިއީ ވަރަށް ހުށިޔާރު ކުއްތާއެކެވެ. އެހެންކަމުން، ފަރުބަދަމަތީ ސަރަޙައްދުތަކުގައި ޖަނަވާރުތައް ރައްކާތެރިކުރުމަށް މި ކުއްތާ ބޭނުންކުރެއެވެ.

މި އާ ބްރީޑުގެ ކުއްތާ ވަނީ ކަރްނާޓަކާގައި ބޮޑު މަޝްހޫރުކަމެށް ހޯދައިފައެވެ. ސަތީޝް ވަނީ މި ކުއްތާ މަޝްހޫރު އިވެންޓްތަކަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ފިލްމު ޕްރިމިއަރތަކަށް ވެސް، ހިމެނެއެވެ. އޮކާމީ ފިލްމު ޕްރިމިއަރއެއްގެ ރެޑް ކާޕެޓްގައި ހިނގާލި ވީޑިއޯއެއް ގާތްގަނޑަކަށް ތިން މިލިއަން މީހުން ބަލާފައިވާ ކަމަށް ސަތީޝް ބުނެފައިވެއެވެ.

މީގެ ކުރިން ކުއްތާ އާލާކުރުމުގައި ހަރަކާތްތެރިވެ އުޅުނު ސަތީޝް، ގާތްގަނޑަކަށް 10 އަހަރު ކުރިން ވަނީ ކުއްތާ އާލާކުރުން ހުއްޓާލައިފައެވެ. ނަމަވެސް އޭނާގެ ތަފާތު ކުއްތާތައް އެކި ކަހަލަ ހަފްލާތަކުގައި ބައިވެރކޮށްގެން އޭނާ ރަނގަޅު އާމްދަނީއެއް މިހާރު ވެސް ހޯދައެވެ. އޭނާއަށް 30 މިނެޓަށް 2200 ޕައުންޑް އާއި 5 ގަޑިއިރަށް 9000 ޕައުންޑާ ދެމެދުގެ އަދަދެއް ލިބެއެވެ. އެއީ ހަމައެކަނި އޭނާގެ ކުއްތާތަކާއެކު އިވެންޓްތަކަށް ގޮސްގެންނެވެ. ސަތީޝް ބުނި ގޮތުގައި ބައެއް ފިލްމް ޕްރިމިއަރ އިވެންޓްތަކުގައި ބައެއް ފަހަރު އެކްޓަރުންނަށްވުރެ ބޮޑު ސަމާލުކަމެއް އޭނާގެ ކުއްތާތަކަށް ލިބެއެވެ. ހުރިހާ ކުއްތާތައް ބަލަހައްޓަނީ 7 އޭކަރުގެ ބޮޑު ބިމެއްގައެވެ. ކޮންމެ ކުއްތާއަކަށް 20 ފޫޓު 20 ފޫޓުގެ ކޮޓަރިއެއް ހުންނައިރު ކުއްތާތައް ބަލަހައްޓަން 6 މުވައްޒަފުން ހަމަޖައްސާފައިވެއެވެ.

މިދިޔަ އަހަރު 2.5 މިލިޔަން ޑޮލަރަށް ސަތީޝްގަނެފައިވާ ކުއްތާއަކާއެކު. --ފޮޓޯ: ޓައިމްސް އޮފްއިންޑިއާ

މި އަގުހުރި ކުއްްތާތައް ރައްކާތެރިކުރުމަށް ސެކިއުރިޓީގެ ކަންކަމަށް ސަތީޝް ވަރަށް އިސްކަމެއް ދެއެވެ. ސެކިއުރިޓީއަށް ޚާއްސަ މުވައްޒަފުން ތިބޭ އިރު ކުއްތާތައް އުޅޭ ސަރަހައްދު ވަށައިގެން ވަނީ 10 ފޫޓު އުސް ފާރެއް ރާނައިފައެވެ. އަދި މި ސަރަހައްދުގެ ހަރަކާތްތައް 24 ގަޑިއިރު ރެކޯޑު ކުރެވޭ ގޮތަށް ވަރަށް ފުރިހަމަ ސީސީސީޓީވީ ކެމެރާތަކެއް ހަރުކޮޮށްފައިވެއެވެ. މި ސަރަހައްގުގައި ސަތީޝް ވަނީ ކުއްތާތަކަށް ވަރަށް ތަނަވަސް ދިރިއުޅުމެއް އުޅެވޭނެ ގޮތަށް ތަރައްގީކޮށްފައެވެ.

މި ކުއްތާތަކަށް އެއްވެސް ވަރަކަށް ބަންދުކޮށްފައި ހުންނަ ކާނާއެއް ނުދެއެވެ. ހުރިހާ ކުއްތާތަކަށް ވެސް ތާޒާ މަސް ކާންދޭއިރު ސަތީޝް ފާހަގަކުރާ ގޮތުގައި ފަހުން މިގެނެވުނު ދުނިޔޭގެ އެންމެ އަގުބޮޑު ޕެޓް ކުއްތާ، އެންމެ 8 މަހުގެ ކަޑަބަމް އޮކާމީ ދުވާލަކު ތިން ކިލޯގެ ކުކުުޅު މަސްކައެވެ.

ކިޔުންތެރިންގެ ހިޔާލު