ENGLISH

02 އޭޕްރީލު 2025

Advertisement

އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޙަދީސް ޢިލްމުވެރިޔާ އަބޫއިސްޙާޤުލް ޙުވައިނީ އަވަހާރަވެއްޖެ

18 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ޝައިޚް އަބޫ އިސްޙާޤުލް ޙުވައިނީ

މިޞްރަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ޙަދީސް ޢިލްމުވެރިޔާ އައްޝައިޚް އަބޫ އިސްޙާޤުލް ޙުވައިނީ އަވަހާރަވެއްޖެއެވެ. 

ޝައިޚު އަވަހާރަވީ ކުއްލި ގޮތަކަށް އާލާސްކަންފުޅު ބޮޑުވެ ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާދެމުންދަނިކޮށް ހޯމަދުވަހު މެންދުރުފަހު ވަގުތެއްގައެވެ. 

ޝައިޚް އަވަހާރަވިކަން އިއުލާނުކުރެއްވީ ޝައިޚުގެ ދަރިކަލުން ޙާތިމް އަލްޙުވައިނީ އޭނާގެ ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. 

އާލާސްކަންފުޅު ބޮޑުވެ ހޮސްޕިޓަލުގައި ޝައިޚަށް ފަރުވާދެމުން އަންނަތާ ދުވަސްތަކެއްވީ ނަމަވެސް ހޮސްޕިޓަލުގައި އެޑުމިޓުކުރެވުނު ފަހުން ޝައިޚުގެ ހާލުކޮޅު އައީ ހީނަރުވަމުންނެވެ. 

ޝައިޚް އަބޫ އިސްޙާޤުލް ޙުވައިނީއަކީ ޙަދީސް ޢިލްމާއި، އިސްލާމީ ދަޢުވަތުގެ ދާއިރާގައި މުޅި ދުނިޔޭގައިވެސް އެންމެ ފާހަގަކޮށްލެވޭ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު