ENGLISH
26 ނޮވެމްބަރު 2024
ގާޑިއޯލާ މާޔޫސްކޮށްލައި، ޖެހި ޖެހިގެން ހަތަރުވަނަ ފަހަރަށް ސިޓީ ބަލިވެއްޖެ
10 ނޮވެމްބަރު 2024
|
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
އެންމެ މަޤްބޫލު
ޖެހި ޖެހިގެން ހަތަރު ވަނަ ފަހަރަށް މެންޗެސްޓަރ ސިޓީ ބަލިވުން އެ ޓީމުގެ ކޯޗު ޕެޕް ގާޑީއޯލާއަށް މާޔޫސްކަމެއް ލިބިއްޖެއެވެ.
ވިދިވިދިގެން ވީ ތިން ބައްޔަށް ފަހު ރޭ އިނގިރޭސި ޕްރިމިއަރ ލީގުގައި ބްރައިޓަން އަތުން ސިޓީ ބަލިވީ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައި ވަނިކޮށެވެ.
ބްރައިޓަން އިން ސިޓީގެ މައްޗަށް ކުރި ހޯދީ ފަހަތުން އަރައި 2-1 ނެވެ. މެޗުގެ ފުރަތަމަ ގޯލު ހާލަންޑް ކާމިޔާބުކޮށް ވަނީ ސިޓީއަށް އުއްމީދު އާކޮށް ދީފައެވެ. އެކަމަކު ދެވަނަ ހާފުގައި ބްރައިޓަން އިން ވަނީ ސިޓީ ކޮޅަށް ދެ ގޯލް ޖަހާ ގާޑިއޯލާގެ ބަސްހުއްޓުވާލައި ސިޓީގެ އުއްމީދުތައް ވެއްޔާ މޮޑެލާފައެވެ. ބްރައިޓަންގެ ދެ ގޯލް ޖެހީ 78 ވަނަ މިނިޓާއި 83 ވަނަ މިނިޓްގައި ޕެޑްރޯ އާއި އޯރިލޭ އެވެ.
ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ޕްރިމިއަރ ލީގު
ގާޑިއޯލާގެ ކޯޗުކަމުގައި މިއީ ސިޓީ ވިދިވިދިގެން ބަލިވި ފުރަތަމަ ފަހަރަށްވާއިރު އަދި މިއީ 2006 އޮކްޓޯބަރުގެ ފަހުން ވިދިވިދިގެން ހަތަރު މެޗުން ސިޓީ ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ. ސިޓީން ކުޅެމުން ދަނީ އަނިޔާގެ ސަބަބުން ޑިފެންޑަރ ރުބެން ޑިއާޒް އާއި ޖޯން ސްޓޯންސް އާއި ބެލޮންޑިއޯ އުފުލާލި މިޑްފީލްޑަރ ރޮޑްރީ ނުލައެވެ.
ޕެޕް ގާޑިއޯލާ މީގެކުރިން ވިދިވިދިގެން ހަތަރު މެޗުން ބަލިވީ 2014-2015 ވަނަ އަހަރުގެ ސީޒަންގައި ބަޔާން މިއުނިކްގައެވެ. މެޗުން ބަލިވިޔަސް ލީގު ތާވަލްގައި ސިޓީ އަދިވެސް އޮތީ ދެވަނައިގައެވެ. އެކަމަކު އެއްވަނައިގަ އޮތް ލިވަޕޫލާ ދެމެޗު 5 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.