ENGLISH
06 އޭޕްރީލު 2025
ފުރަތަމަ ލެގުގައި އެތުލެޓިކޯ އަތުން ރެއާލަށް ހަނި މޮޅެއް
05 މާރިޗު 2025
|
ރޭގެ މެޗުގައި ރެއާލަށް ލަނޑުޖަހައިދިނުމަށްފަހު ބްރާހިމް ޑިއާޒް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އެންމެ މަޤްބޫލު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ބުރުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 2-1 އިން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ރޭގެ މެޗަށް ރެއާލް ނުކުތްއިރު ސަސްޕެންޝަނުގެ ސަބަބުން އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ނުކުޅެއެވެ. މީގެއިތުރުން، އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅެވުނު ރެއާލްގެ ކުޅުންތެރިންގެ ތެރޭގައި ޑިފެންސްގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ޑަނީ ކާވަހާލް އާއި އެޑާ މިލިޓާއޯ ހިމެނެއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު 'މެޑްރިޑް ޑާބީ' ގައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ ހަތަރު ވަނަ މިނެޓުގައި ރެއާލަށް މި ލަނޑު ޖަހައިދިނީ ބްރެޒިލްގެ ވިންގް، ރޮޑްރީގޯ އެވެ. މިއީ ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އުރުގުއޭގެ މިޑްފީލްޑަރު، ފެޑެރީކޯ ވަލްވާޑޭ ދިން ހިތްގައިމު ޕާހަކުން ރޮޑްރީގޯ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 32 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހިތްގައިމު ބޯޅައަކުން އަލްވަރޭޒް ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ގޯލާއެކު ދެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ރެއާލުން އަލުން ލީޑު ނެގީ ބްރާހިމް ޑިއާޒް ވައްދާލި ލަނޑުންނެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ވަރަށް ހަނި ޖާގައެއްގެ ބޭނުންހިފައި، ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ބްރާހިމް ޑިއާޒް ކާމިޔާބުކުރި ރީތި ގޯލެކެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަހު އެވެ.
މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމުންޑް ވަނީ 1-1 އިން ފްރާންސްގެ ލިއްލެއާ އެއްވަރުވެފައެވެ.