ENGLISH

31 މޭ 2026

Advertisement

ޖީޕީ ކްލިނިކް ތަރައްގީކުރަން މާދަމާ ދަމަނަވެށި ބަންދުކުރަނީ

31 މޭ 2026

|

އައިމިނަތު ޝަފާ

ދަމަނަވެށީގެ ޚިދުމަތް ދެމުން އަންނަ އިމާރާތް. ފޮޓޯ: މިހާރު

މާލޭގައި ދެވަނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ތަރައްޤީ ކުރުމަށް މާދަމާ ވަގުތީ ގޮތުން ދަމަނަވެށި ބަންދުކުރަން ނިންމައިފި އެވެ. 

ސިއްހަތާ ބެހޭ ވުޒާރާއިން މިދިޔަ ހަފްތާގައި ކުރި އިއުލާނުގައި ބުނީ މާލޭ ސަރަހައްދުގައި ޖީ.ޕީ އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ގާޤާއިމުކުރުމަށްޓަކައި، ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުން ކުރާ އިމާރާތް މަރާމާތުކޮށް، އާާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ތަރައްގީ ކުރުމަށް ނިންމާފައިވާކަމަށެވެ.

އެހެންވެ، ދަމަނަވެށިން މިހާރު ދޭ ހިދުމަތްތައް މާދަމާއިން ފެށިގެން ބަދަލުވާނީ މާފަންނުގައި ހިންގާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު އަދި ހުޅުމާލެ 2 ގެ ޖީޕީ ކްލިނިކަށް ކަމަށް ބުންޏެވެ.

ދަމަނަވެށީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުން އެ ތަނަށް ބަހާލާފައިވާއިރު ހެންވޭރުގައި އާބަން ޕްރައިމަރީ ހެލްތު ސެންޓަރު ހުޅުވުމަށް ފަހު، ދަމަނަވެށީގެ ހިދުމަތްތައް އެ މަރުކަޒަށް ބަދަލުކުރާނެކަމަށް މީގެ ކުރިން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު