ENGLISH
31 މޭ 2026
މަޖިލީހަށް ނައިބު ރައީސެއް ހޮވުމަށް ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި
31 މޭ 2026
|
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް.
އެންމެ މަޤްބޫލު
މަޖިލީހަށް ނައިބު ރައީސްއެއް ހޮވުމަށް މިއަދު މެންދުރުފަހު ބާއްވަން ތާވަލުކުރި ޖަލްސާ މާދަމާއަށް ފަސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރާއި ގުޅިގެން މިއަދު ހެނދުނު 9:00 ގައި ބޭއްވުމަށް ތާވަލުކުރި ޖަލްސާ ފެށުމުގެ ވަގުތު ކުޑަތަންވެފައިވަނިކޮށް، ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ވޯޓު ނެގުމުގެ ކުރިން ނާޒިމް މަގާމުން އިސްތިއުފާދެއްވިކަން އިޢުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ވޯޓަށް އެހުމުގެ ކުރިން މަގާމުން ނާޒިމް އިސްތިޢުފާދެއްވާފައިވާ ކަމަށެވެ.
މިއަދު ހެނދުނު ބޭއްވި ޖަލްސާގައި އިތުރު މަސައްކަތެއް ނުކޮށް ޖަލްސާ ވަނީ ނިންމާލާފަ އެވެ. ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، އިތުރު ޖަލްސާއެއް މިއަދު މެންދުރު 01:00 ގައި ބާއްވަވާނެ ކަމަށެވެ.
މަޖިލިސް އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވަން ނިންމާފައިވަނީ މާދަމާ ކަމަށެވެ. "އެމްއެމްޓީވީ"އަށް މައުލޫމާތު ދެމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިއަދަށް ބާއްވަން ތާވަލުކުރި ޖަލްްސާ މާދަމާއަށް ފަސްކުރީ ކަމަށެވެ.
މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމަށް މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަަންޓަރީ ގުރޫޕުން ފާސްކުރީ މޭ މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގައެވެ.
ނާޒިމު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކުރީ ނާޒިމުގެ މައްޗަށް އިތުބާރު ނެތުމުންނެވެ. އަދި އެ ނިންމުމާ ގުޅިގެން މޭ މަހުގެ 14 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅިއެވެ.