ENGLISH
07 އޭޕްރީލު 2025
"ދިރާގު ޕޭ" ގެ ޕްލެޓްފޯމް ޒަމާނީ ވަސީލަތްތަކާ އެކު އަޕްގްރޭޑްކޮށްފި
28 ފެބްރުއަރީ 2025
|
ކުރިން ހަމައެކަނި އީ-ވޮލެޓެއްގެ ގޮތުގައި ބޭނުންކުރި 'ދިރާގު ޕޭ' ގެ ޕްލެޓްފޯމް ޒަމާނީ ވަސީލަތްތަކާއެކު އަޕްގްރޭޑްކޮށް، ލޯންޗުކޮށްފިއެވެ.
ދިރާގު ސަބްސިޑިއަރީ ކުންފުނި، ފިންޓެކްގެ އީ ވޮލެޓް 'ދިރާގު ޕޭ' ގެ އާ ޕްލެޓްފޯމް ލޯންޗުކުރީ އިއްޔެ އެވެ. އާ ޚިދުމަތް ލޯންޗުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
ދިރާގުން ބުނީ އާ ބަދަލުތަކާއެކު ރާއްޖޭގައި ފައިސާގެ މުޢާމަލާތްތައް ކުރަމުންދާ ގޮތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. އަލަށް ތަޢާރަފްކުރި ދިރާގެ ޕޭގެ ޚިދުމަތްތަކުގެ ތެރޭގައި ބިލް ސްޕްލިންޓިން އާއި ސަބް ވޮލެޓްގެ އިތުރުން ޕިއަރ-ޓު-ޕިއަރ ޓްރާންސްފާ އަދި ފަވަރަ ޓްރާންސްފާ ކުރެވުމާއި ބިލްތަކަށް ފަސޭހައިން ފައިސާ ދެއްކުން ހިމެނެއެވެ.
ދިރާގުން ބުނީ ކުރިން ބޭނުންކުރަމުންދިޔަ 'ދިރާގު ޕޭ' ގައި ހުރި ކަސްޓަމަރުންގެ މަޢުލޫމާތުތައް އާ ޕްލެޓްފޯމަށް ބަދަލުވާނެކަމަށެވެ.
'ދިރާގު ޕޭ' ގެ އާ ޕްލެޓްފޯމް ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، އިތުރަށް މަސައްކަތްކޮށް ޓެކްނޮލޮޖީ އާއި އާ އީޖާދުތައް ބޭނުންކޮށްގެން ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނެވޭ ކަމަށެވެ.
ރަސްމިއްޔާތު ވާހަކަދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވިދާޅުވީ، އާ ޕްލެޓްފޯމާއެކު ކަސްޓަމަރުންނަށް ވަރަށް ފަސޭހަވަގެންދާނެ ކަމަށާއި ދިރާގެ ނެޓްވޯކަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ނެޓްވޯކް ކަމަށެވެ.
އަލަށް ތަޢާރަފްކުރި ޚިދުމަތްތަކާއެކު ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކާއި، މުޖުތަމަޢަށް އިތުރު ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުންކަމަށް ސީއީއޯ އިސްމާއީލް ރަޝީދު ވިދާޅުވިއެވެ.