ENGLISH
22 އޭޕްރީލު 2025
ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް އޭސީސީން ހިންގަނީ
26 ފެބްރުއަރީ 2025
|
ޖޭއެސްސީ (ފޮޓޯ/ ޕީއެސްއެމް ނިއުސް)
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ސަސްޕެންޑުކޮށްފައިވާ ތިން ފަނިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގަމުންދާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދު ސަސްޕެންޑުކުރުމަށް ޖޭއެސްސީން މިއަދު ނިންމީ، މަޖިލީހުގެ މެމްބަަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާހަށް އަމަލުކުރުން މަޑުޖައްސައިލުމާ ގުޅޭ މައްސަލައިގެ އަޑުއެހުމެއް ފަށަން ވަގުތު ކުޑަތަންވެފައިވަނިކޮށްކަން ފާހަގަކޮށްލެވެ އެވެ.
ޖޭއެސްސީން ބުނެފައިވަނީ އެ ތިން ފަނޑިޔާރުން މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ނިންމީ، އެބޭފުޅުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަން އޭސީސީން އެ ކޮމިޝަނަށް އަންގާފައިވާތީ ކަމަށެވެ.
ޖިނާއީ ކުށެއްގެ ތުހުމަތެއްގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ، ނުވަތަ ބަންދުކޮށްފިނަމަ ނުވަތަ ތަހުގީގީ އިދާރާއަކުން ފަނޑިޔާރެއްގެ މައްސަލަ ތަހުގީގްކުރަން ފަށައިފިކަން ޖޭއެސްސީއަށް އަންގައިފިނަމަ، އެ ފަނޑިޔާރަކު ސަސްޕެންޑުކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބެ އެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ވަނީ، އެ ކޯޓުގެ ބެންޗު 7 އިން 5 އަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް މިއަދު ފާސްކޮށްފައިވަނިކޮށެވެ. ފަނޑިޔާރުކަމުގެ މަގާމުން ދެ ބޭފުޅުން ވަކިކުރުމަށް ނިންމައި މަޖިލީހަށް ހުށަހަޅަން ޖެހޭނީ އެ އިސްލާހުގައިވާ ގޮތުން، ޖޭއެސްސީންނެވެ. އަދި މަގާމުން ވަކިކުރާ ފަނޑިޔާރުންގެ ނަންތައް މި އިސްލާހަށް އަމަލުކުރަން ފަށާތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭއިރު މަޖިލީހުން ވެސް އެ މަސައްކަތް ގިނަވެގެން 7 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.