ENGLISH

10 އޭޕްރީލު 2025

Advertisement

ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އާއި ވެލެންސިއާ ފެށީ މޮޅަކުން

14 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ލަނޑުޖެހުމަށް ފަހު ވެލެންސިއާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އެފްއޭއެމް

ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުތަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކުލަބު ވެލެންސިއާ މޮޅުވެއްޖެއެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މާޒިޔާ އިން ވަނީ 3-1 ގެ ނަތީޖާއަކުން ކުލަބް އީގަލްސް ބަލިކޮށްފައެވެ. 

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި މާޒިޔާގެ ލަނޑުތައް ޖަހައިިިދިނީ މުޙައްމަދު އީމާން އަހުމަދު، މުޙައްމަދު އިލާން އިމްރާން އާއި އަނޫފް އަބްދުﷲ އެވެ.

މި މެޗުގައި އީގަލްސްގެ ހަމައެކަނި ލަނޑުޖެހީ އީމާން މުޙައްމަދު އެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކުލަބު އަތުން ވެލެންސިއާ މޮޅުވީ 2-0 އިންނެވެ. ވެލެންސިއާގެ ލަނޑުތައް ޖަހައިދިނީ ލަހުފާން އަހުމަދު ޝަހީމް އާއި އަހުމަދު ކައިން އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން، މި ދެ ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް ސެމީ ފައިނަލުން ފުރުޞަތު ލިބޭ ގޮތަށެވެ. ސެމީގެ މެޗުތައް މި މަހުގެ 25 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލު މެޗު ތާވަލްކޮށްފައިވަނީ މި މަހުގެ 27 ވާ ބުރާސްފަތި ދުވަހަގެ ރޭގަނޑަށެވެ.

ކިޔުންތެރިންގެ ހިޔާލު