ENGLISH

10 އޭޕްރީލު 2025

Advertisement

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ ދަނޑުގައި ބެނާއެއް ދެމުމުން ސެލްޓިކަށް އަދަބުދެނީ

14 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ސެލްޓިކްގެ ސަޕޯޓަރުން ފަލަސްޠީނުގެ ދިދަ ހިފައިގެން. --ފޮޓޯ: ސްކައިނިއުސް

އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި، ސްކޮޓްލެންޑުގެ ސެލްޓިކްގެ ސަޕޯޓަރުން ބެނާ ދެމި މައްސަލައިގައި، ޔުއެފާ އިން އެ ކުލަބު ޖޫރިމަނާކުރުން އެކަށީގެންވާ ކަމަށް ފަހުގެ މީޑިއާ ޚަބަރުތައް ބުނެފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި ބަޔާން މިއުނިކް އަތުން ސެލްޓިކްގެ ދަނޑުގައި އެ ޓީމު ބަލިވި މެޗުގައި ސެލްޓިކުގެ ސަޕޯޓަރުން ދަނޑުގައި ދެމި ބޭނާއެއްގައި ލިޔެފައިވަނީ، "އިޒްރޭލަށް ރަތް ކާޑު ދައްކާ" މިހެންނެވެ.

އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ މި ބެނާ އެންމެ ފުރަތަމަ ސެލްޓިކްގެ ސަޕޯޓަރުން ދައްކާލާފައިވަނީ ފުރަތަމަ ހާފު ނިމުމުންނެވެ. އެއަށްފަހު، ދެވަނަ ހާފުގެ ބޮޑުބައިގައި އެ ކުލަބުގެ ސަޕޯޓަރުން މި ބެނާ ދައްކާލައިފައިވެއެވެ.

މި ކަމާ ގުޅިގެން ޔުއެފާގެ ކޮންޓްރޯލް، އެތިކްސް އަދި ޑިސިޕްލިނަރީ ކޮމިޓީން މެޗުގެ ރިޕޯޓްތައް ދިރާސާކޮށް، ދެން އަޅާނެ ފިޔަވަޅަކާމެދު ވިސްނުމަށް ފަހު ގޮތެއް ނިންމާނެ އެވެ.

ސެލްޓިކްގެ ސަޕޯޓަރުން، އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލައި، ބެނާއެއް ހިފައިގެން. --ފޮޓޯ: ގެޓީ އިމޭޖަސް

އެގޮތުން، ޔުއެފާ އިން ވަނީ، އެ ބެނާގައި ސިޔާސީ ގޮތުންނާއި، ރުޅިވެރިކަން އުފެއްދުމުގެ އިތުރުން އިހާނެތިކޮށް ހިތުމަށް ގޮވާލާފައިވޭތޯ ބެލުމަށް ނިންމާފައެވެ.

މީގެކުރިން، މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެސްޓަން ވިލާގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ސެލްޓިކްގެ ސަޕޯޓަރުން ސްމޯކް ބޮމެއް އެއްލުމުން ވެސް ޔުއެފާ އިން ވަނީ އެ ކުލަބަށް އިންޒާރުދީފައެވެ.

އެކަމަކު، އަދި ބެލެވިފައި އޮތް ގޮތުން ބަޔާންއާ ދެކޮޅަށް ކުޅެން އޮތް ދެވަނަ ލެގުގެ މެޗުގައި ސެލްޓިކްގެ ސަޕޯޓަރުންނަށް ކުޅިބަލަންނުވަދެވޭ ގޮތަށް އަދަބެއް ދީފައެއް ނުވެއެވެ.

މީގެއިތުރުން، ކުރިން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި، ޖަރުމަންގެ އާރްބީ ލީޕްޒިގާއި ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަދި ލާޒިއޯ އާއި އިޒްރޭލްގެ ކުލަބާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ސެލްޓިކްގެ ސަޕޯޓަރުންގެ އަމަލުތައް ބެހެއްޓިގޮތުން ޔުއެފާ އިން ވަނީ އެ ކުލަބު ޖޫރިމަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު