ENGLISH
25 ނޮވެމްބަރު 2024
އޭ.އައި ކުރެހުމެއް އެއް މިލިއަން ޑޮލަރަށް ވިއްކާލައިފި
08 ނޮވެމްބަރު 2024
|
އޭއައި ގެ ކުރެހުން
އެންމެ މަޤްބޫލު
ދެވަނަ ބޮޑު ހަނގުރާމައިގައި ކޯޑު ހޯދުމުގައި މަޝްހޫރު އެލަން ޓޫރިންގެ އޭ.އައި ރޮބޮޓަކުން ކުރަހާފައިވާ ކުރެހުމެއް ނީލަމުގައި 1,084,800 ޑޮލަރަށް ވިއްކާލައިފިއެވެ.
ސޮތަބީސް އިން ބުނެފައިވަނީ "އޭ.އައި ގޮޑް" ގެ ޑިޖިޓަލް އާޓް ވިއްކުމަށް 27 ބިޑް ލިބިފައިވާ ކަމަށެވެ. މި ކުރެހުން އަސްލު އަންދާޒާކުރެވިފައިވަނީ 120,000 ޑޮލަރު (92,520 ޕައުންޑް) އާއި 180,000 ޑޮލަރު (139,000 ޕައުންޑް) އާ ދެމެދުގެ އަގަކަށް ވިއްކޭނެ ކަމަށެވެ.
ހިސާބު ޢިލްމުވެރިޔާ ޓޫރިންގ އަކީ ކޮމްޕިއުޓަރ ސައިންސްގެ ޕައިނިއަރެއް އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ބައްޕަ ކަމުގައި ބެލެވެއެވެ.
ނީލަން ހިންގާ ފަރާތުން ބުނެފައިވަނީ މި ތާރީޚީ ކުރެހުމުން ދުނިޔޭގެ އާޓް މާކެޓްގައި އާ ކުރިއެރުމެއް ހޯދައިފި ކަމަށާއި، އިންސާނާއާ ދާދި އެއްފަދަ ރޮބޮޓަކުން ކުރަހާފައިވާ އާޓްވޯކެއް ނީލަމުގައި ވިއްކުމުގެ ކުރި ހޯދައިފި ކަމަށެވެ. އަދި އެ ފަރާތުން އިތުރަށް ބުނެފައިވަނީ އައި-ޑާ ރޮބޮޓްގެ މި މަސައްކަތަކީ "ނީލަމުގައި ވިއްކާލި އިންސާނާ އާ އެއްފަދަ ރޮބޮޓް އާޓިސްޓެއްގެ ފުރަތަމަ އާޓްވޯކް" ކަމަށެވެ. މި މަސައްކަތަކީ ކޭމްބްރިޖްގެ ކިންގްސް ކޮލެޖްގައި ކިޔަވާފައިވާ ޓޫރިންގެ ބޮޑު އަސްލު ޕޯޓްރެއިޓެކެވެ.
މި ސައިންޓިސްޓަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް އެލައިޑް ބާރުތަކުން ކުރި ކާމިޔާބުގައި މުހިންމު ދައުރެއް އަދާކުރި ފަރާތެކެވެ. އޭނާ ބްލެޗްލީ ޕާކްގައި ކޯޑުތައް ހޯދުމާއި މަޝްހޫރު އެނިގްމާ މެޝިން ޑީކޯޑް ކުރުމުގައި އެހީތެރިވިއެވެ.
ހަނގުރާމައަށްފަހު އޭނާ މިހާރުގެ ބަހުން ބުނަނީނަމަ ޑިޖިޓަލް ކޮމްޕިއުޓަރެއްގެ ތަފްސީލީ ޑިޒައިނެއް އުފެއްދިއެވެ.
ސޮތަބީސް އިން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 19:00 ޖީ.އެމް.ޓީ ގައި ނިމުނު އޮންލައިން ނީލާމުގައި ކުރެހުން ގަތީ ނަން ހާމަނުކުރާ ފަރާތަކުން ކަމަށާއި، އަގަކީ "އާޓްވޯކްގެ އަންދާޒާ އަގަށްވުރެ މާ މަތީ އަގެއް" ކަމަށެވެ.
ނީލަން ހިންގި ފަރާތުން ބުނެފައިވަނީ އިންސާނާ އާ އެއްފަދަ ރޮބޮޓް އާޓިސްޓެއްގެ ފުރަތަމަ ކުރެހުން ވިއްކުމުގެ އަގު މޮޑަން އަދި ކޮންޓެމްޕޮރަރީ އާޓްގެ ތާރީޚުގައި މުހިންމުކަން ފާހަގަކޮށްދޭ ކަމަށާއި، އޭ.އައި ޓެކްނޮލޮޖީ އާއި ދުނިޔޭގެ އާޓް މާކެޓްއާ ދެމެދު އިތުރުވަމުންދާ ގުޅުން ދައްކުވައިދޭ ކަމަށެވެ.
އައި-ޑާ ރޮބޮޓް ސްޓޫޑިއޯގެ ޑިރެކްޓަރު އައިޑަން މެލަރ ބުނެފައިވަނީ މި ނީލަމަކީ ވިޝުއަލް އާޓްސްއަށް މުހިންމު ވަގުތެއް ކަމަށެވެ. އައި-ޑާގެ އާޓްވޯކުން އޭ.އައިގެ ޒަމާން އިތުރުވަމުންދާއިރު އަހަރެމެން ކުރިމަތިލާ އާޓްވޯލްޑް އަދި އިޖްތިމާޢީ ބަދަލުތަކަށް އަލިއަޅުވާލައެވެ.