ENGLISH

10 އޭޕްރީލު 2025

Advertisement

ކަރީގެ މޮޅު ކުޅުމާ އެކު ރޮކެޓްސް އަތުން ވޯރިއާސް މޮޅުވެއްޖެ

14 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޮކެޓްސްއާ ދެކޮޅަށް ވޯރިއާސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ސްޓެފަން ކަރީ ދެއްކި މޮޅު ކުޅުމާއެކު ހިއުސްޓަން ރޮކެޓްސް އަތުން 105-98 ގެ ތަފާތަކުން ގޯލްޑެން ސްޓޭޓް ވޯރިއާސް މޮޅުވެއްޖެއެވެ.

ހިއުސްޓަންގައި ހުންނަ ޓޮޔޯޓާ ސެންޓަރުގައި މިއަދު ކުޅުނު މެޗު ފެށިގެން ފުރަތަމަ ދެ ކުއާޓަރގައި މުޅިއެކު ނެގި 14 ޕޮއިންޓާއެކު، ވޯރިއާސް އިން ހާފު ނިންމާލީ 62-48 އިން ކުރީގަ އޮވެގެންނެވެ. އެ ޓީމު ވަނީ ފުރަތަމަ ކުއާޓަރގައި 28-19، އަދި ދެވަނަ ކުއާޓަރގައި 34-29 އިން ކުރިހޯދާފައެވެ.

މި މެޗުގެ ފުރަތަމަ ދެ ކުއާޓަރގައި ވޯރިއާސް އިން ދެއްކި ތަފާތު މޮޅު ކުޅުމާ ގުޅިގެން ފަހު ދެ ކުއާޓަރގައި ރޮކެޓްސް އިން ކުރިހޯދި ނަމަވެސް، އެ ޓީމަށް މެޗު ކާމިޔާބުނުކުރެވުނެވެ. ރޮކެޓްސް އިން ތިންވަނަ ކުއާޓަރގައި 22-20 އިން ކުރިހޯދިއިރު، ފަހު ކުއާޓަރ ނިންމާލީ 28-23 އިންނެވެ. އެކަމަކު، ވޯރިއާސް އިން މެޗު ކާމިޔާބުކުރީ ހަތް ޕޮއިންޓްގެ ތަފާތަކުންނެވެ.

ވޯރިއާސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ކަރީ އެވެ. އޭނާ ވަނީ 27 ޕޮއިންޓާއެކު ފަސް ރީބައުންޑް ނަގައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ބްރެންޑިން ޕޮޒިއެމްސްކީ 18 ޕޮއިންޓް އެއްކުރިއެވެ.

ރޮކެޓްސް އިން އެންމެ ރަނގަޅަށް ކުޅުނީ އާރޮން ހޮލިޑޭ އެވެ. އޭނާ ވަނީ 25 ޕޮއިންޓާއެކު 8 ރީބައުންޑް ނަގައިފައެވެ.

މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ޑަލާސް މޭވްރިކްސް ވަނީ 118-113 އިން މިއާމީ ހީޓް ބަލިކޮށްފައެވެ. ޔޫޓާ ޖޭޒް އަތުން 120-116 އިން ލޮސް އެންޖެލިސް ކްލިޕާރސް މޮޅުވިއިރު، ނިއު އޯލިއާންސް ޕެލިކަންސް ވަނީ 140-133 އިން ސެކްރެމެންޓޯ ކިންގްސް ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު