ENGLISH

10 އޭޕްރީލު 2025

Advertisement

ރޯމާ އާއި ޕޯޓޯ އެއްވަރުވިއިރު، ގަލަތަސާރޭ ބަލިވެއްޖެ

14 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ޕޯޓޯގެ ފްރާންސިސްކޯ މޯރާ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޔުރޮޕާ ލީގުގެ ނޮކްއައުޓް ބުރުގެ ޕްލޭ-އޮފްގައި އިޓަލީގެ އޭއެސް ރޯމާ އާއި ޕޯޗުގަލްގެ އެފްސީ ޕޯޓޯ ބައްދަލުކުރި މެޗު 1-1 އިން ރޭ އެއްވަރުވެއްޖެއެވެ.

ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ރޯމާ އަށް ލީޑު ނަގައިދިނީ ޒެކީ ޗެލިޗް އެވެ. ފަހު ހާފުގައި ޕޯޓޯ އަށް އެއްވަރުކޮށްދިނީ ފްރާންސިސްކޯ މޯރާ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރޯމާގެ އާޖެންޓީނާ ފޯވާޑް، ޕައުލޯ ޑިބާލާ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގެ ފަހު ބައިގައި ރޯމާގެ އިޓަލީ މިޑްފީލްޑަރު، ބްރަޔަން ކްރިސްޓަންޓޭ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ފަހު ވިއްސަކަށް މިނެޓު ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ރަށުން ބޭރުގައި ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރް އަތުން ތުރުކީގެ ގަލަތަސާރޭ ބަލިވީ 4-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު