ENGLISH

11 އޭޕްރީލު 2025

Advertisement

ކޮޕަ ޑެލް ރޭގެ ސެމީގައި ބާސާ އާއި އެތުލެޓިކޯގެ ކުރިމަތިލުމެއް

13 ފެބްރުއަރީ 2025

|

މުޙައްމަދު އަދުހަމް

ބާސެލޯނާއާ އެތުލެޓިކޯ ބައްދަލުކުރި މެޗެއްގެ ތެރެއިން. --ފޮޓޯ: އޭޕީ

ސްޕެނިޝް ކޮޕަ ޑެލް ރޭގެ ގުރުނެގިއިރު ސެމީ ފައިނަލުގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެއެވެ.

ކޮޕަ ޑެލް ރޭގެ ތާރީޚުގައި ސެމީގައި މި ދެ ޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އެފަހަރު ބާސެލޯނާ އިން ވަނީ 3-2 އެގްރިގޭޓުން އެތުލެޓިކޯ ކަޓުވާލައިފައެވެ.

މި ފަހަރުގެ މުބާރާތުގެ ދެވަނަ ސެމީގައި ރެއާލް މެޑްރިޑް ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާގެ ދަނޑުގައި އެ ޓީމު އެތުލެޓިކޯއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އޭގެ އެއް ދުވަސް ފަހުން، ސެމީގެ އަނެއް މެޗުގައި ސޮސިއެޑާޑްގެ ދަނޑުގައި ރެއާލަށް ދެކޮޅަށް ނުކުންނާނެ އެވެ.

ސެމީގެ ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1 އާއި 2 ވަނަ ދުވަހު އެވެ. ފުރަތަމަ މެޗުގައި ރެއާލްގެ ދަނޑުގައި އެ ޓީމު ސޮސިއެޑާޑާ ދެކޮޅަށް ނުކުންނައިރު، އޭގެ އެއް ދުވަސްފަހުން އެތުލެޓިކޯގެ ދަނޑުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލުގެ ގުރު ދިމާވި ގޮތުން، މި ފަހަރުގެ މުބާރާތުގެ ފައިނަލުގައި ބާސެލޯނާއާ ރެއާލްގެ މެދުގައި ކުޅޭ 'އެލް ކްލެސިކޯ' އެއް ފެނުމުގެ ފުރުޞަތު އެބައޮތެވެ. މި ދެ ޓީމު އެންމެ ފަހުން މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރު ރެއާލް މޮޅުވީ 2-1 އިންނެވެ.

ކިޔުންތެރިންގެ ހިޔާލު